ތާރިޤް ރަޙްމާން ޖަމާއަތޭ އިސްލާމީގެ އަމީރާ ބައްދަލުކުރައްވައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 15, 2026

ބަންގްލަދޭޝްގެ ނޭޝަނަލިސްޓް ޕާޓީ (ބީ.އެން.ޕީ) ގެ ޗެއާމަން ތާރިޤް ރަޙްމާން، ޖަމާއަތޭ އިސްލާމީގެ އަމީރު ޝަފީޤުއްރަޙްމާނާ މި ރޭ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުވުން ކުރިއަށްދިޔައީ ބަޝުންދަރާ ރެސިޑެންޝަލް އޭރިއާގައި ހުންނަ ޖަމާއަތޭ އިސްލާމީގެ އަމީރުގެ ގޭގައެވެ. ތާރިޤް ރަޙްމާން އެގެއަށް ވަޑައިގަތީ މިރޭ 7:10 ހާއިރުއެވެ. މިއީ ބުރާސްފަތި ދުވަހު ބޭއްވި އާންމު އިންތިޚާބުގައި ބީ.އެން.ޕީން ހޯދި ބޮޑު ކާމިޔާބީއަށްފަހު، އާ ސަރުކާރު އެކުލަވާލުމުގެ ދެ ދުވަސް ކުރިން ބޭއްވި މުހިންމު ސިޔާސީ ބައްދަލުވުމެކެވެ.

މީގެ އިތުރުން، ތާރިޤް ރަޙްމާން ވަނީ  8:00 ހާއިރު ބެއިލީ ރޯޑުގައި ހުންނަ ނޭޝަނަލް ސިޓިޒަން ޕާޓީ (އެން.ސީ.ޕީ) ގެ ކޮންވީނަރ ނާހިދު އިސްލާމްގެ ގެއަށް ވަޑައިގެން އޭނާއާވެސް ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުންތަކަކީ ”އަމާން އަދި އިންސާނީ ކަރާމާތަށް އިހުތިރާމްކުރާ ބަންގްލަދޭޝްއެއް“ ބިނާކުރުމަށްޓަކައި ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއްބާރުލުމަށް ތާރިޤް ރަޙްމާން ގޮވާލެއްވިތާ އެއްދުވަސް ފަހުން ބޭއްވުނު ބައްދަލުވުންތަކެކެވެ.

ނިމިދިޔަ އާންމު އިންތިޚާބުގައި ބީ.އެން.ޕީން ވަނީ 209 ގޮނޑި ކާމިޔާބުކޮށް ސަރުކާރު އެކުލަވާލުމުގެ އަޣުލަބިއްޔަތު ހޯދާފައެވެ. މި އިންތިޚާބުގައި ޖަމާއަތޭ އިސްލާމީއަށް 68 ގޮނޑި ލިބިފައިވާއިރު، ނޭޝަނަލް ސިޓިޒަން ޕާޓީން ވަނީ 6 ގޮނޑި ކާމިޔާބުކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ