މައްކާއާއި މަދީނާ ހިފަން ޒަޔަނިސްޓު މަސްއޫލުވެރިޔާ ދެއްކިވާހަކަ ސާފުކޮށްދޭން އެމެރިކާއަށް ސައޫދީން އަންގައިފި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 22, 2026

އިސްރާއީލުން މައްކާއާއި މަދީނާ ހިފުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެ އިސްރާއީލާސް ޓްރަމްޕް އައްޔަން ކޮށްފައިޥާ އެމްބެސެޑަރު މައިކް ހަކަބީ ދެއްކި ވާހަކަ ސާފުކޮށް ދޭން ސައޫދީ އަރަބިއްޔާއިން އެމެރިކާއަށް އަންގައިފިއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ހަރުކަށި އިބާރާތުން މި ޒަޔަނިސްޓު ވާހަކަ ކުށްވެރިކޮށް އެކަން ބަލައިނުގަންނާނެ ކަމަށް ބުނެފިއެވެ. މި މައްސަލައިގައި ސައުދީން ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން މި ވާހަކައާ ގުޅޭ އިތުރު ތަފްސީލު އޮޅުންފިލުވައިދިނުމަށް އަންގާފައެވެ.

ސައުދީ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާ ޒަޔަނިސްޓު ސަފީރުގެ މި ޒިންމާދާރުކަން ކުޑަ ބަޔާނަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އުސޫލުތަކާ މުޅިން ޚިލާފު ކަމެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސައުދީން ވަނީ ސިފަކޮށްފައެވެ.

އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު އިއްޔެ ވިދާޅުވެފައިވަނީ، ”މާތްﷲ އެ ބިމަކީ އިސްރާއީލީންނަށް ދެއްވާފައިވާ ބިމެއް“ ކަމަށާއި، އެހެންކަމުން މުޅި ސަރަހައްދު ހިފުމަކީ އިސްރާއީލަށް ލިބިގެންވާ ހައްގެއް ކަމަށެވެ. މި ބަޔާނާ ގުޅިގެން ސައުދީން ވަނީ އެފަދަ ވާހަކައެއް ދެއްކެވި ސަބަބާއި އޭގެ މަގުސަދު ސާފުކޮށްދިނުމަށް އެމެރިކާއަށް އަންގާފައެވެ.

މީގެ އިތުރުން، އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް ވަނީ އެމެރިކާ ސަފީރުގެ މި ބަޔާން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޯއައިސީން ބުނި ގޮތުގައި މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ ކަނޑައެޅިގެން ޚިލާފު، ފިތުނަ އުފެދޭނެ ފަދަ ވާހަކަތަކެކެވެ. މިފަދަ ބަޔާންތަކުގެ ސަބަބުން ސަރަހައްދީ ނުތަނަވަސްކަން އިތުރުވެ، ދުނިޔޭގެ ސުލްހައަށް ބުރޫއަރާފާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.

ސައުދީ އަރަބިއްޔާ އާއި އޯއައިސީން ވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް މިކަމުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ. އަދި މެދުއިރުމަތީގެ ގައުމުތަކުގެ ސިޔާދަތާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުން ކަށަވަރުކުރުމަށް ދުނިޔޭގެ ބާރުތަކަށް ވަނީ ބާރުއަޅާފައެވެ.

މި ލިޔުމާ ގުޅޭ