ހޮރުމުޒު ކަނޑުއޮޅި ނުހުޅުވުނަސް ހަނގުރާމަ ނިންމާލަން ޓްރަމްޕް ވިސްނަނީ

ޟަމްރަތު އަހްމަދު
މާރޗް 31, 2026

އީރާނުގެ ފުރިހަމަ ކޮންޓްރޯލް ދަށުގައި މިހާރުއޮތް ހޮރުމުޒު ކަނޑުއޮޅި ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަމުންދާ ކަމަށް ބޭރުގެ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައަކީ ފެބުރުވަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާ އިސްވެތިބެ އީރާނަށް ހަމަލާދިނުމުން ފެށިފައިވާ ހަނގުރާމައެކެވެ. އެހަމަލާގައި އީރާނުގެ އޭރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އާއި ސީނިއަރ އެތައް މަސްއޫލުވެރިންނެއް ވަނީ ޝަހީދުވެފައެވެ.

އޭގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ގެންދަނީ ސަރަހައްދުގައި ހިމެނޭ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީ ބިމާ ހަމަކުރަމުންނެވެ. އަދި ޔަހޫދީ ދައުލަތުގެ އެކި އަވަށްތަކަށް ހަމަލާދީ އެތަންތަން ވަނީ ސުންނާފަތިކޮށްފައެވެ.

ހަނގުރާމަ ފެށުމާއެކު އީރާނުން ވަނީ ހޮރުމުޒު ކަނޑުއޮޅި ބަންދުކޮށް ފުރިހަމަ ކޮންޓްރޯލް ހޯދައިފައެވެ. އެއާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުވަނީ ބޮޑުވެފައެވެ.  އޭގެ ސަބަބުން އެމެރިކާއަށް ޕްރެޝަރު ބޮޑުވެ ކަނޑުއޮޅި ހުޅުވުމަށް އީޔޫގެ ގައުމު ތަކުގެ އެހީއަށްއެދި އާދޭސް ކުރިއެވެ. އެހެނަސް އެއްވެސް ގައުމަކުން އެމެރިކާއަށް އެހީވެފައެއް ނުވެއެވެ.

އެމެރިކާއިން މިހާރު ތައްޔާރުވަމުން ގެންދަނީ އެއްގަމުމަގުން އިރާނަށް އަރައިގަތުމަށެވެ. އެކަމަށް ބޭނުންވާ ސިފައިން ވެސް މިހާރުވަނީ މެދުއިރުމައްޗަށް ފޮނުވާފައެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެގައުމަށް އަރައިގެންފިކަމަށްވާނަމަ އެމެރިކާގެ ހުރިހާ ސިފައިން ”ނަރަކައަށް“ ފޮނުވާލާނޭ ކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *