އީރާނާއެކު ކުރަމުންދާ ހަނގުރާމައާ ބެހޭ ތަގުރީރެއް މާދަންރޭ ޓްރަމްޕް ދޭނޭ ކަމަށް ބޭރުގެ ޚަބަރުތައް ބުނެފިއެވެ. މި ތަގުރީރު އޭނާ ދޭނީ އެމެރިކާގަޑިން މާދަންރޭ 9:00 ޖަހާއިރުއެވެ.
ބޭރުގެ ބައެއް މަސްދަރުތަކުން ބުނެފައިވަނީ މި ތަގުރީރުގައި އީރާނު ހަނގުރާމައާ ބެހޭގޮތުން އޭނާ ނިންމާ ގޮތެއް ހާމަކުރާނެއެވެ. އެއްގޮތަކީ ހަނގުރާމަ ހުއްޓާލިކަން އިޢުލާން ކުރުމެވެ. ދެވަނަ ގޮތަކީ އެމެރިކާގެ އެއްގަމު ސިފައިން އީރާނަށް ފޮނުވައި ބިންމަތީ ހަނގުރާމައެއް ފަށަން ނިންމިކަން އިއުލާން ކުރުމެވެ. މިތަގުރީރު އޭނާ ދޭނީ ޓީވީ މެދުވެރިކޮށެވެ.
އެމެރިކާއިން މިހާރުވެސް ވަނީ އީރާނާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކުރުމަށް ބޭނުންވާ ސިފައިން މެދުއިރުމައްޗަށް ފޮނުވައިފައެވެ. އެހެންނަމަވެސް އީރާނުން ބުނަނީ އެމީހުން އެއްގަމު މަގުން ދިމާކޮށްފި ކަމަށްވާނަމަ އެމީހުންނަށް ”ނަރަކަ“ ދައްކާލާނޭ ކަމަށެވެ. އީރާނުގެ ސިފައިން މިހާރުވެސްތިބީ އެމީހުންގެ އިންތިޒާރުގައި ކަމަށް އެގައުމުން ވަނީ ބުނެފައެވެ.






