ކްރިސްޓީ ނޯމްގެ ފިރިމީހާގެ ބަދުއަޚުލާގީ އަމަލުތަކެއް ފަޅާއަރައިފި

އިބްރާހީމްް ސަމީރު
އޭޕްރިލް 1, 2026

އެމެރިކާގެ ކުރީގެ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ކްރިސްޓީ ނޯމްގެ ފިރިމީހާ، ބްރަޔަން ނޯމް، އަންހެން ހެދުން އަޅައިގެން ހުރެ ކޮށްފައިވާ ބަދުއަޚުލާގީ މުއާމަލާތްތަކެއް ބޭޒާރުވުމާ ގުޅިގެން އެމެރިކާގެ ވެރިރަށުގެ ސިޔާސީ މަސްރަހު ހޫނުވެއްޖެއެވެ.

އާންމު އަދަބާ ޚިލާފް މަންޒަރުތަކެއް ކަމުން ހިރިން މި ފޮޓޯތައް ގެނަސް ދިއުމަށް އުޒުރު ވެރިވަމުއެވެ!

މީޑިއާ ރިޕޯޓެއްގައިވާ ގޮތުން، އިންޝުއަރެންސްގެ ދާއިރާގެ މަހުޖަނެއް ކަމަށްވާ އަދި ތިން ކުދިންގެ ބައްޕަ ބްރަޔަން ނޯމް (56 އަހަރު) ވަނީ އޭނާގެ އަނބިމީހާ ސަރުކާރުގެ މަތީ މަގާމެއްގައި ހުރި ދުވަސްވަރު، އިންޓަނެޓް މެދުވެރިކޮށް ތަފާތު އަންހެނުންނާ ބަދުއަޚުލާގީ މުއާމަލާތްތައް ހިންގާފައެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުން ބްރަޔަން ވަނީ އޮންލައިންކޮށް ތަފާތު މޮޑެލްތަކާ ވާހަކަދައްކައި، އޭނާގެ އަމިއްލަ ފޮޓޯތަކާއި ސެލްފީތައް ފޮނުވާފައެވެ.

ލިބިފައިވާ ފޮޓޯތަކުގެ ތެރޭގައި، ބްރަޔަން ގަދަ ފިޔާތޮށި ކުލައިގެ ސޯޓެއް ލައިގެން، އަންހެނެއްގެ މޭމަތި ސިފަވާގޮތަށް ހަންގަނޑާ އެއްކުލައިގެ ހެދުމެއް ބޭނުންކޮށްގެން ހުންނަ ފޮޓޯތައް ހިމެނެއެވެ. އަދި ބައެއް ފޮޓޯތަކުގައި އޭނާ މޭމަތި ބޮޑުކޮށް ދެއްކުމަށްޓަކައި ފުއްޕާހަމަ ބޭނުންކޮށްފައިވާކަން ވެސް ފާހަގަކުރެވެއެވެ.

އެމެރިކާގައި ވެރިކަން ކުރާ އެޕްސްޓީން ގޭންގްގެ މިފަދަ އަމަލުތަކަކ މިހާރު ދުނިޔެއަށް އައު ވާހަކައެއް ނޫނެވެ. މިކަން ފަޅާއަރާފައި މިވަނީ ކްރިސްޓީ ނޯމް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި މައްސަލައާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އެ އާއިލާއަށް އަމާޒުވަމުންދާއިރު، މިއީ އެމެރިކާގެ ސިޔާސީ ފަރާތްތަކުގެ މެދުގައި ފަހަކަށް އައިސް ފެންމަތިވަމުންދާ ބަދު އަޚުލާގީ ފަޟީހަތްތަކުގެ ބައެއް ކަމަށް ގިނަ ނޫސްތަކުން ސިފަކުރެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *