މިއަދުގެ އެންމެ ހޫނު ޚަބަރުތަކަށް ބަލާއިރު، ޤަޠަރުން، އެމެރިކާގެ ރައީސް ޓުރަމްޕަށް ހަދިޔާކުރި ލަގްޒަރީ ބޮއިންގް 747-8 މަތިންދާބޯޓް، އަނބުރާ ދިނުމަށް ޤަޠަރުގެ ސަރުކާރުން އެދިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޤަޠަރުން އެގޮތަށް އެދިފައިވާއިރު، އެއަރފޯސް އެކެއްގެ ބަދަލުގައި، އެ މަތިންދާބޯޓު ބޭނުންކުރުމަށް ސެކިއުރިޓީ އަޕްގްރޭޑްތައް ދަނީ ކުރަމުންނެވެ. ކޮންމެއަކަސް، ޤަޠަރުގެ އެ ގޮވާލުމަކީ، ޑިޕްލޮމެޓިކް ގޮތުން ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާ ކަމުގެ އިޝާރާތެކެވެ.






