މިދިޔަ ޖެނުއަރީ މަހު އީރާނުގެ އަސްކަރީ މަރުކަޒަކަށް ވަދެ އެތަނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއްގެ މައްޗަށް ކުށްސާބިތު އޭނާމަރަން ސުޕްރީމްކޯޓުން ކުރި ހުކުމް އިރާނޫން ތަންފީޒު ކޮށްފިއެވެ.
އިސްލާމިކް ސްޓޫޑެންޓްސް ނިއުސް އޭޖެންސީން ބުނީ އަލީ ފަހިމްގެ މައްޗަށް ދަށުކޯޓުން ކުރި ހުކުން ތަންފީޒުކުރީ އެގައުމުގެ ސުޕްރީމް ކޯޓުން އެ ހުކުމަށް ތާއިދުކޮށް ދެމެހެއްޓުމުންނެވެ.
މި ހުކުމް ތަންފީޒު ކުރުމުން އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށް ބުނެ ނުރުހުންފާޅުކޮށްފައެވެ.
މިދިޔަ ޖެނުއަރީ މަހު އީރާނުގެ އެތެރޭގައި ފެށި ހަމަނުޖެހުންތައް މުޅި ގައުމުގައި ފެތުރިގެން ދިޔައެވެ. އެ މުޒާހަރާތަކުގެ ބައިވެރިން ވަނީ ސަރުކާރު ވައްޓާލަން ގޮވައިލައިފައެވެ. ބައިވެރިން ކޮންޓްރޯލް ކުރުމަށް އީރާނުގެ ސިފައިން ނުކުތުމުން ސިފައިންނާއި އާންމުގެ މެދުގައި ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ. މިއީ 1979 ވަނަ އަހަރު އެ ގައުމަށް ގެނައި އިންގިލާބަށް ފަހު ހިނގި އެންމެ ވަރުގަދަ ކުރިމަތިލުންތަކެވެ. މި ކުރިމަތިލުންތަކުގައި އެތައް ހާސް ބަޔަކު މަރުވިއެވެ. އޭގެ ތެރޭގައި އާންމުންނާއި ސިފައިން ހިމެނެއެވެ.






