އީރާނުގެ ޔުނިވަރސިޓީއަކަށް ހަމަލާ ދީފި

ޟަމްރަތު އަހްމަދު
އޭޕްރިލް 6, 2026

ތެހެރާނަށް އަނެއްކާވެސް ވަރުގަދަ ބޮމުގެ ހަމަލާތަކެއް އިޒްރޭލް-އެމެރިކާއިން ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އީރާނުގެ ވެރިރަށް ތެހެރާންގެ އިރުމައްޗާއި، ހުޅަނގު ސަރަހައްދަށް ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. މިހަމަލާގައި ބާރަ މީހަކު ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކުގައި ޝާރިފް ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީގެ ކެމްޕަހުގެ ވަށައިގެންވާ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އަލްޖަޒީރާއިން ވަނީ ބުނެފައެވެ. އަދި ގޭސް ފެސިލިޓީއަކަށް ވެސް ވަނީ ހަމަލާދީފައެވެ.

މިއީ ފާއިތުވި ހަފުތާތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާއިން ހަމަލާދިން ބޮޑު ހަތަރުވަނަ ޔުނިވަރސިޓީއެވެ. އެމެރިކާ-އިޒްރޭލުން މިހާރު ހަމަލާދެމުން ގެންދަނީ ޔުނިވަރސިޓީތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި ތެލާއި ދަގަނޑު އުފައްދާ މަރުކަޒުތަކަށެވެ.

ތެހެރާނުގެ އިތުރުން އެމެރިކާއާއި އިޒްރޭލުން އަންނަނީ، ކަރާޖް، ޝިރާޒް، އިސްފަހާން އަދި ބުޝެރް ފަދަ އެހެން ސިޓީތަކަށް ވެސް ވަރުގަދަ ވައިގެ ހަމަލާތައް ދެމުންނެވެ. މި އުދުވާނުގައި ވަނީ ބަންދަރު-އޭ-ލެންގޭގައި ހަ މީހުން މަރުވެފައެވެ. އަދި ކޫމްގައި ފަސް މީހުން ވަނީ މަރުވެފައެވެ. އޭގެ އިތުރުން ހަ ކުޑަކުދިން ވަނީ ޝަހީދުކޮށްލައިފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *