ޕާކިސްތާނުގައި މިހާރުކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް އިތުރުގަޑިތަކަށް ކުރިއަށްދާނޭ ކަމަށް އީރާނުގެ ފާރސް ނިއުސް އިން ބުނެފިއެވެ.
މިހާތަނަށް ކުރެވުނު މަސައްކަތުން ދެފަރާތަށް ވެސް އެއްބަސްވުމަކާ ހަމައަށް އާދެވިފައެއްނެތެވެ. އެހެންކަމުން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޕާކިސްތާނުގެ ހުށަހެޅުމަށް މަޝްވަރާ ކުރުމަށް ކަމަށެވެ. އެހެންނަމަވެސް އެވެސް ކާމިޔާބުވުން ވަރަށް ދުރުކަމަށް މީޑިއާއިން ބުނެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު ގަޑިން މިހާރު ފަތިހު 4:19 ވީއެވެ. ނޫސްވެރިން ފާރަލަމުން ގެންދަނީ މި މަޝްވަރާއިން ނެރޭނެ ނަތީއަކަށެވެ.






