ހަނގުރާމަ ހުއްޓާލުމަށް ޕާކިސްތާނުން ގޮވާލައްވައިފި

ޟަމްރަތު އަހްމަދު
އޭޕްރިލް 12, 2026

އެމެރިކާއާއި އީރާނާ ދެމެދު ހުއްޓާލައިފައިވާ ހަނގުރާ އަލުން ނުފެށުމަށާއި ހަގުރާމަ ދާއިމީކޮށް ހުއްޓާލުމަށް ޕާކިސްތާނުގެ ޚާރިޖީ ވަޒީރު އިސްހާގު  ދާރް އީރާނާއި އެމެރިކާއަށް ގޮވާލައިފިއެވެ. އެދެގައުމުގެ މެދުގައި ސުލްހަ ގާއިމް ކުރުމަށް ޕާކިސްތާނުގައި ބޭއްވި ވިހިގަޑިއިރުގެ މަޝްވަރާ ވަނީ އެއްބަސްވުމަކަށް ނާދެވި ނިމުމަކަށް އައިސްފައެވެ. ކުރިއަށްއޮތް ތާނގައިވެސް އެދެގައުމުން ތާއިދު ކުރަންޖެހޭނީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކަމަށްވެސް ވިދާޅުވިއެވެ.

މި ހަނގުރާމަ ހުއްޓާލުމަށް ދެގައުމުން ވެފައިވާ ވައުދުތަކަށް ހުރުމަތްތެރިކޮށް ހިތައި އެކަން ދެމެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެއް ކަމަށްއޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އީރާނާއި އެމެރިކާއާ ދެމެދު ގުޅުން ބަދަހިކުރުމަށް މަގުފަހި ކޮށްދިނުމުގައި ޕާކިސްތާނުން މަސައްކަތްކުރާނޭ ކަމަށްވެސް ޚާރިޖީވަޒީރު ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *