ހޮރްމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާ ސިފައިންނަށް އަމުރުކޮށްފި

އަހުމަދު މުހައްމަދު
އޭޕްރިލް 12, 2026

މިހާރު އީރާނުން ކޮންޓްރޯލް ކުރުމުންގެންދާ ހޮރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލް ނެގުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރު ކޮށްފި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެއެވެ.

ޓްރަމްޕު ބޭނުންފުޅުވަނީ އޭނާގެ އަރާއިބާރު ދުނިޔެއަށް ދައްކަވައިގެން މުޅިދުނިޔެ އޭނާގެ މުށުތެރެއަށް ލައްވާށެވެ. ހޮރްމުޒު ކަނޑުއޮޅި އެމެރިކާގެ ބާރުގެ ދަށަށް ގެނެސް އީރާނުގެ އުޅަނދުފަހަރަށް ވެސް އެތަނާ ގާތްވިޔަނުދިނުމަކީ ޓްރަމްޕުގެ މަގުސަދެވެ. ޓްރޫތް ސޯޝަލް ގައި އޭނާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެބާރުގަދަ އެންމެ ކުޅަދާނަ ކަނޑުގެ ސިފައިން ކަމަށްވާ އެމެރިކާގެ ނޭވީން ހޮރްމުޒު ކަނޑުއޮޅިއަށް ވަދެނިކުންނަ އުޅަނދުފަހަރު ހުއްޓުވުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނޭ ކަމަށެވެ.

ޓްރަމްޕު ވިދާޅުވީ ކޮންމެވެސް ހިސާބަކުން އެކަނޑުއޮޅިން ދަތުރު ކުރުމުގެ ފުރުސަތު އެންމެންނަށް ވެސް ލިބިގެންދާނޭ ކަމަށެވެ. އޭނާ މަސައްކަތް ކުރައްވަނީ އެމަގަށް ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެފުރުސަތު އީރާނުން އެންމެނަށް ނުދޭކަމަށާއި ކަނޑުއޮޅީގައި މައިންހުރިކަމަށް ބުނެ އީރާނުން ގެންދަނީ ބިރުދައްކަމުން ކަމަށް ވެސް ޓްރަމްޕު ވިދާޅުވިއެވެ. އެހެންނަމަވެސް އީރާނުގެ އުޅަނދު ފަހަރު ހުއްޓުވުމަށްފަހު ކަނޑުއޮޅިން މައިން ނަގައި ސާފު ކުރައްވާނޭ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *