އީރާނަށް ފީދައްކާ އުޅަނދުފަހަރަށް ރައްކާތެރި ކަމެއްނެތް: ޓްރަމްޕް

އަހުމަދު މުހައްމަދު
އޭޕްރިލް 12, 2026

އީރާނަށް ފީއެއް ދައްކައިގެން ބައިނަލްއަގުވާމީ ކަނޑުގައި ދަތުރުކުރާ އުޅަނދުފަހަރު ހޯދައި އެމީހުންލައްވައި އެފީދެއްކުން ހުއްޓުވަން އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަންގާފައިވާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

”ގަވާއިދާ ޚިލާފަށް ޓޯލް ދައްކާ އެއްވެސް މީހަކަށް ކަނޑުމަތީގައި ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ ގޮތެއް ނޯންނާނެ. އަދި ކަނޑުއޮޅީގައި އީރާނުން އަޅާފައި ހުރި މައިންތައް ނައްތާލުމުގެ މަސައްކަތް ވެސް ފަށާނަން. އަހަރެމެންނަށް ނުވަތަ ސުލްހަވެރި އުޅަނދުތަކަށް އީރާނުން ހަމަލާދީފިނަމަ އީރާން ”ނަރަކައަށް“ ފޮނުވާލާނަން،“ ޓްރަމްޕް ވިދާޅުވިއެވެ.

އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދު ކުރުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެ އިގުތިސާދަށް ނޭދެވޭ އަސަރެއްވަނީ ކޮށްފައެވެ. އީރާނާއެކު ސުލްހަވުމަށް އެމެރިކާއިން ހުށަހަޅާ އެންމެ  މުހިންމު ދެ ޝަރުތަކީ މި ކަނޑުއޮޅި އާންމުކޮށް ހުޅުވުމާއި އީރާނުގެ ނިޔުކްލިއަރ ޕްރޮގްރާމެވެ. އެމެރިކާ ރުހޭގޮތަށް މިދެކަން ކޮށްފިނަމަށް އީރާނަށް ހަމަލާ ނުދޭނޭ ކަމަށް ޓްރަމްވަނީ ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން އީރާނުން ބުނެފައިވަނީ މުޅީދުނިޔެއަށް އަތްގަދަކޮށް އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ އެމެރިކާ ދައްކާ ބިރަކަށް ކުޑަކޮށް ވެސް ޖެހިލުމެއް ނުވާކަމަށެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *