އެމެރިކާގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި ހޯމަ ދުވަހު އީރާނުގެ ބަނދަރުތައް ބަންދުކުރަން ފަށާނެއެވެ. އެހެންނަމަވެސް ސްޓްރޭޓް އޮފް ހޮރްމުޒް ޓްރާންސިޓް ކުރާ އުޅަނދުފަހަރަށް ”ހުރަހެއް ނާޅާނެ“ ކަމަށް އެމެރިކާ ނޭވީން ވަނީ ބުނެފައެވެ.
އެމެރިކާ އަސްކަރިއްޔާއިން ބުނެފައިވަނީ އީރާނުގެ ބަނދަރުތަކަށް ވަދެނިކުންނަ އުޅަނދުފަހަރު ހުއްޓުވުމުގެ މަސައްކަތް ފަށާނީ ހޯމަ ދުވަހުގެ ހެނދުނު 10:00 (ޖީއެމްޓީ 14:00) ގައި ކަމަށެވެ.
މިއީ އީރާނުން ސްޓްރޭޓް އޮފް ހޮރްމުޒް ނުހުޅުވުމުން އެކަން ކާމިޔާބު ކުރުމަށްޓަކައި އެމެރިކާއިން އަޅާ ފިޔަވަޅެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އޭނާ ވަނީ އެކަނޑުއޮޅި ބަންދުކުރަން ސިފައިންނަށް އަމުރު ކޮށްފައެވެ.
މިއާއެކު އީރާނުން ބުނީ އެކަމަށް މަސައްކަތްކުރާ ސިފައިންނަށް އެސަރަހައްދުވާނީ މަރުގެ ދަންތުރައަކަށް ކަމަށެވެ. އެކަނޑުއޮޅީގެ ހުރިހާ ކޮންޓްރޯލެއްއޮތީ އީރާނުއަތުގައި ކަމަށް އެގައުމުން ބުންޏެވެ. އެކަނޑުއޮޅިން ވަދެ ނިކުންނަށް އެއްވެސް އަސްކަރީ އުޅަނދަކަށް ފުރުސަތެއް ނެތެވެ. އެމެރިކާގެ މަނަވަރެއް ވިޔަސް އެކަނޑުއޮޅި ހުރަސް ކުރަން ދީމާކޮށްފިއްޔާ ހަމަލާ ދޭނޭ ކަމަށް އީރާނުން ވަނީ ބުނެފައެވެ.
މި ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދަން އެމެރިކާ ސިފައިން މަސައްކަތްކުރާއިރު އީރާނުން ހަމަލާދީފިނަމަ އެމެރިކާ އިން ވެސް ރައްދު ހަމަލާދޭނޭ ކަމަށް ވަނީ ބުނެފައެވެ. އަދި އެފަދަ ހަމަލާއެއް އީރާނުންދީފި ނަމަ އެމަގައުމު ފޮނުވާނީ ”ނަރަކައަށް“ ކަމަށް ބުނެ ޓްރަމްވަނީ ފޮނިކަނޑާފައެވެ. މީގެ އިތުރަށް އެކަނޑުއޮޅި ހުރަސްކުރަން އީރާނަށް ފީދައްކަމުންދާ އުޅަނދުފަހަރުން އެކަން ހުއްޓާލުމަށް ޓްރަމްޕް ވަނީ އަންގައިފައެވެ. އެހެން ނޫންނަމަ އެފަދަ އުޅަނދުފަހަރަށް ވެސް ސަލާމަތެއްނެތް ކަމަށް އޭނާވިދާޅުވެފައިވެއެވެ.
މި ދެގައުމު ސުލްހަކުރުމަށްޓަކައި ޕާކިސްތާނުން އިސްނަގައިގެން ހޮނިހިރު ދުވަހުވަހު ބޭއްވި މަޝްވަރާތައް ނާކާމިޔާބުވީ ”އީރާނުން ނިއުކްލިއާގެ ޝައުގުވެރިކަން ދޫކޮށްލަން ބޭނުން ނުވާތީ ކަމަށް ވެސް ޓްރަމް ވިދާޅުވިއެވެ.






