ސާޅީސް ދުވަހު ހަނގުރާމަކުރީ އެންމެ ދެގައުމާ ދެކޮޅަށްނޫން: އީރާން

އަހުމަދު މުހައްމަދު
އޭޕްރިލް 19, 2026

ސާޅީސް ދުވަހުގެ ހަނގުރާމާއިގައި އީރާނުން ހަނގުރާމަކުރީ ހަމައެކަނި ޒަޔަނިސްޓުންނާއި އެމެރިކާއާ ނޫންކަމަށް އީރާނުގެ އަސްކަރިއްޔާގެ އެގްޒެކެޓިވް ޑެޕިޔުޓީ ބްރިގޭޑިއަރ ޖެނެރަލް އަލީރޭޒާ ޝެއިޚް ވިދާޅުވެއްޖެއެވެ. އެ ދެގައުމުގެ އިތުރުން 12 ހަނގުރާމައެއް އެދުވަސްވަރު ކުރިއަށްދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ގައުމީ އަސްކަރިއްޔާގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދެއްވި ތަގުރީރުގައި ބްރިގޭޑިއަރ ޖެނެރަލް އަލީރޭޒާ ޝެއިޚް ވިދާޅުވީ، އެއްވެސް ގައުމެއްގެ އެންމެ އިސް ލީޑަރާއި އިސް އަސްކަރިއްޔާގެ ކޮމާންޑަރުން ގެއްލިއްޖެ ނަމަ، ދުޝްމަނުންގެ ހަމަލާތަކާ ދެކޮޅަށް މިހާ އަވަހަށް ހަރުދަނާ ގޮތެއްގައި ރައްދު ހަމަލާ ނުދެވޭނޭ ކަމަށެވެ.

އިސްލާމީ ރިޕަބްލިކްގެ ބާރުގެ ސަބަބުން އިދިކޮޅު ފަރާތްތަކަށް މަޝްވަރާއަށްދާން މަޖުބޫރުވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ”ސްޓްރެޓެޖިކް ލިޓްރޭޗާގައި މިކަމަށް ކިޔަނީ ”ޕަވާ ޕެރިޓީ“ އަށް ވާސިލުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ މާނައަކީ ދެ ފަރާތުގެ ބާރުގެ ހަމަހަމަކަން ގާއިމް ކުރެވިއްޖެ ނަމަ، މަޝްވަރާ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ޝެއިޚް ވިދާޅުވީ، އީރާން ފަދަ ތަހުޒީބާއި ތާރީޚާއި، އާބާދީ އާއި ސަގާފީ ތަރިކަ އޮތް ޤައުމަކާ ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނޭކަމަށް ދުޝްމަނުންނަށް ވިސްނައިދޭން ޖެހޭނެ ކަމަށެވެ. 40 ދުވަހުގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އަސްކަރީ ލިޔުންތަކަށް ބޮޑެތި ބަދަލުތަކެއް އައިސް، މުސްތަގުބަލުގައި ދިފާއީ އަދި ދިފާއީ ޑޮކްޓްރިންގެ ދާއިރާގައި އާ ބާބެއް ހުޅުވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *