ޝެހެބާޒާއި ޕެޒެޝްކިއަން ސަރަހައްދުގެ ހާލަތާ ބެހޭގޮތުން މަޝްވަރާ ފޯނުން ކޮށްފި

ޟަމްރަތު އަހްމަދު
އޭޕްރިލް 19, 2026

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންއާ ފޯނުން ގުޅުއްވައި ސަރަހައްދުގެ ހާލަތާބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި މަޝްވަރާގައި އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އިތުރު މަޝްވަރާތަކެއް ކުރުމާބެހޭ ގޮތުން ވާހަކަ ދައްކާފައި ނުވާ ކަމަށް ބައެއް މީޑިއަމްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.

ފަންސަޔާޅީސް މިނެޓަށް ދެމިގެންދިޔަ މި ކޯލްގައި ދެ ބޭފުޅުންވަނީ ސަރަހައްދީ ހާލަތާ ބެހޭ ގޮތުން ތަފްސީލުކޮށް މަޝްވަރާ ކުރައްވައިފައެވެ. އަދި މި މަހުގެ ކުރީކޮޅު އިސްލާމްއާބާދުގައި ބޭއްވި މަޝްވަރާތަކަށް އިރާނުން ވަފުދެއް ފޮނުއްވީތީ ޝެހެބާޒު ވަނީ ރައީސް ޕެޒެޝްކިއަން އަށް ޝުކުރު ދަންނަވާފައެވެ.

މި ކޯލުގައި ޝެހެބާޒު ޝަރީފް ވިދާޅުވީ ސަރަހައްދީ ސުލްހަ މަސަލަސްކަން ކުރިއެރުވުމަށް ޕާކިސްތާނުން ކުރާ މަސައްކަތުގައި އަބަދުވެސް ސާބިތުވެ އޮންނާނޭ ކަމަށެވެ.

މި ހިސާބަށް ދިޔައިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު މަޝްވަރާ ކުރުމަށް އޭނާގެ މަންދޫބުން އަންނަ ހޯމަ ދުވަހު ޕާކިސްތާނަށް ވަޑައިގަންނަވާނޭ ކަމަށެވެ. އެހެންނަމަވެސް އީރާނުން ބުނެފައިވަނީ އެމެރިކާއާ އެކު އަލުން މަޝްވަރާ ކުރިއަށްދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އީރާނުގެ މަސްއޫލުވެރިން ވިދާޅުވެފައިވަނީ އެބޭފުޅުން މިހާރުވެސް ތިބީ އީރާނުގެ ހުށަހެޅުންތަކާމެދު އެމެރިކާއިން ދޭނޭ ރަސްމީ ޖަވާބެއްގެ އިންތިޒާރުގައި ކަމަށެވެ. އެގޮތަށްދޭ ޖަވާބު ސިއްރު އެއްޗަކަށް ވެގެންނުވާނޭ ކަމަށާއި ޖަވާބު ވާންޖެހޭނޭ ދުނިޔެއަށް ފެންނަ ހާމަކަންބޮޑު ޖަވާބަކަށް ކަމަށްވެސް އީރުން ވަނީ ބުނެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *