އިޒްރޭލުގެ ހަމަލާ ތަކުގައި ލުބުނާނުން ހަތަރު މީހަކު ޝަހީދުވެއްޖެ

އަހުމަދު މުހައްމަދު
އޭޕްރިލް 23, 2026

ލުބްނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތަކަށް ޔަހޫދީ ދައުކަތުގެ ސިފައިން ދިން އުދުވާނީ ހަމަލާތަކުގައި ހަތަރު މީހަކު ޝަހީދު ވެއްޖެއެވެ.

ލުބްނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީ (އެންއެންއޭ) އިން ބުނީ އިޒްރޭލުން ދިން ޑްރޯން ހަމަލާއެއްގައި އެ މީހުން ޝަހީދު ވުމުގެ އިތުރުން އިތުރު ބަޔަކު ވަނީ ޒަޚަމް ވެފައި ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޯޓުތަކުން ފެންނަ ގޮތުގައި އިޒްރޭލުގެ ސިފައިންގެ މިހަމަލާގެ ސަބަބުން ކުކަންތާރާ ޓައުންގެ އުދަރެހުން ފެންނަމުންދިޔައީ މުށި ކުލައިގެ ދުންތަކެކެވެ.

އީރާނުން އިޒްރޭލަށާއި އެމެރިކާއަށް ގޮވާލަމުންދަނީ އިޒްރޭލުން ލުބުނާނަށް ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށެވެ. އެހެންނަމަވެސް އިޒްރޭލުން ގެންދަނީ މިއަށް އިޖާބަނުދީ އެމީހުން ހިތަށްއެރި ގޮތަކަށް ހަމަލާދެމުންނެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *