ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެގެން ކަނޑުއޮޅި ނުހުޅުވޭނެ: އީރާން

އަހުމަދު މުހައްމަދު
އޭޕްރިލް 23, 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެމެރިކާ އަދި އިޒްރޭލުން ޚިލާފުވާހާ ހިނދަކު ހޮރުމުޒް ކަނޑުއޮޅި ނުހުޅުވާނޭ ކަމަށް އީރާނުން ބުނެފިއެވެ. އެ ގައުމުން ބުނެފައިވަނީ މީގެ ސަބަބުން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް މިވަނީ ހުރަސް އެޅިފައެވެ.

އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރް ޣަލިބާފް ވިދާޅުވީ، ހަނގުރާމަ ހުއްޓާލެވޭނީ ކަނޑުގެ ހިސާރު ނައްތާލައިގެންނާއި އިޒްރޭލުން ހިންގާ ހަނގުރާމަވެރި ހަރަކާތްތައް ހުއްޓައިގެން ކަމަށެވެ.

”ދާއިމީކޮށް ހަނގުރާމަ ހުއްޓާލެވޭނީ އެމެރިކާގެ ހިސާރު ނައްތާލުމާއި، އިޒްރޭލުން ލުބުނާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުރިހާ މާނައެއްގައިވެސް ހުއްޓާލައިގެން،“ އޭނާ ވިދާޅުވިއެވެ.

އެމެރިކާއާ އެކު ޕާކިސްތާނުގައި ބޭއްވި މަޝްވަރާ ތަކުގައި އީރާނުގެ ވަފުދުގެ ވެރިއަކަށް ހުންނެވީ ޣާލިބާފްއެވެ. އޭނާ ވިދާޅުވީ ކަނޑުއޮޅި ހުޅުވަން އިރާނަށް މަޖުބޫރު ނުކުރެވޭނޭ ކަމަށެވެ. އެގޮތަށް ކިތަންމެ ޕްރެޝަރެއް ކުރިޔަށް ކަނޑުއޮޅު ނުހުޅުވޭނޭ ކަމުގެ އިންޒާރު އޭނާ ވަނީ ދިފައެވެ. ”އެމީހުން އެމީހުންގެ މަގްސަދުތައް ހާސިލް ކުރުމަށްދޭ އަސްކަރީ ހަމަލާއަކުން އަދި ކުރާ ބުލީއަކުން އެކަމެއް ނުވާނެ،“ އޭނާ ވިދާޅުވެފައިވެއެވެ. އެމެރިކާއަށް އޮތް ހަމައެކަނި މަގަކީ އިރާނުގެ ޝަރުތުތައް ގަބޫލުކުރުމާއި އެގައުމުގެ ހައްގުތައް ކަށަވަރު ކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *