އަށް އަންހެނަކަށް މަރުގެ އަދަބު ނުދިނީ އަހަރެން އެދިގެން: ޓްރަމްޕް

އަހުމަދު މުހައްމަދު
އޭޕްރިލް 23, 2026

އީރާނުގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުގެ ތެރޭގައި ހިމެނޭ އަށް އަންހެނަކަށް މަރުގެ އަދަބު ތަންފީޒުކުރަން ނިންމި ނިންމުން ބަދަލުކޮށް އެކަން އީރާނުން ހުއްޓާލީ ޓްރަމްޕު އެދިގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

”މިއީ ވަރަށް އުފާވެރި ޚަބަރެއް! އަޅުގަނޑަށް ޚަބަރު ލިބިފައިވަނީ، މިރޭ އީރާނުގައި މަރުގެ އަދަބު ދިނުމަށް ހަމަޖެހިފައިވާ 8 އަންހެނަކު ދެން މަރާނުލާނެކަން. އޭގެ ތެރެއިން ހަތަރު މީހަކު ވަގުތުން ދޫކޮށްލާފައިވޭ،“ ޓްރަމްޕް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އޭގެ ތެރެއިން ހަތަރު މީހަކަށް އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އަންނާނޭ ކަމަށެވެ.

”އީރާނާއި އެގައުމުގެ ލީޑަރުން އަޅުގަނޑުގެ އެދުމަށް އިހުތިރާމް ކުރައްވައި މަރުގެ އަދަބު ތަންފީޒު ކުރުން ހުއްޓާލީތީ ވަރަށް ބޮޑަށް ޝުކުރުވެރިވަން،“ ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވެފައިވެއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *