އެމްޑީޕީއަށް އެންމެ މުހިންމު ވަގުތު އެޕާޓީ ދޫކޮށްލާފައި ޕާޓިގެ އިސްބޭފޫޅުންތަކެއް ވަޑައިގެންނެވުމުން ޕާޓީއަށް ލިބުނު ގެއްލުމާހެދި ހިތަށްވީ ތަދުގެ ރިހުން އަދިވެސް ނުފިލާ އެބަހުރި ކަމަށް ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ”ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން އެމްޑީޕީއަށް ލިބޭނެ ކުރިއެރުމެއްނެތް،“ ކަމަށެވެ.
އެހެނަސް އެވީތަދުގެ ރިހުމުގެ ހަނދާންތައް ހުއްޓަސް ”ބޭނުމީ ކުރިޔައްދެވޭނެ ގޮތެއް. ގައުމު އަނބުރާ ހޯދުން،“ އޭނާވިދާޅުވެފައިވެއެވެ. މިހާރު މަސައްކަތް ކުރައްވަނީ އެމަގަށް ކަމަށް ނުސީދާ ގޮތަކަށް ވަނީ ވިދާޅުވެފައެވެ.






