ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް/ފޮޓޯ ރައީސް އޮފީސް

އިންޑިއާގައި ބެޓެރިން ދުއްވާ ސައިކަލްގެ ވިޔަފާރި އިތުރު ވެއްޖެ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 4, 2024

އިންޑިއާގެ ދީވާލީގެ ފެސްޓިވަލާ ދިމާކޮށް، އޮކްޓޯބަރު މަހު އިލެކްޓްރިކް ސައިކަލުގެ ވިޔަފާރި 85 އިންސައްތައަށް އިތުރު ވެއްޖެކަމަށް އިންޑިއާއިން ބުނެއެވެ. އަދި، މި ވިޔަފާރީގައި ކުރީގައި އުޅެނީ، ޓީވީއެސް އާއި އޯލާ ކުންފުނި ކަމަށްވެސް ބުނެއެވެ.

މިއީ އިންޑިއާގެ އިލެކްޓްރިކް ސައިކަލުގެ މާކެޓަށް ލިބުނު ރެކޯޑް ކުރިއެރުމެކެވެ. އަދި މިއީ މާޗް މަހަށްފަހު އެންމެ ގިނައިން އުޅަނދު ވިކުނު މަސްކަމަށްވެސް ވެއެވެ.

އިންޑިއާގައި ބެޓެރިން ދުއްވާ ސައިކަލްތައް އަހަރުން އަހަރަށް އިތުރުވަނީ 85 އިންސައްތައިގައެވެ. އަދި މަހެއްގެ މައްޗަށް އެއްލައްކަ 40 ހާސް އުޅަނދު ވިކެއެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި ވިއްކަނީ ޓީވީއެސް އާއި އޯލާއިންނެވެ.

އިންޑިއާ ގެ ބެޓެރި ސައިކަލުގެ ވިޔަފާރި ތިޔާގި ވެފައި ވަނީ، ސަރުކާރުން ބެޓެރި އުޅަނދުތަކަށް ދޭ ސަބްސިޑީ އިތުރު ކުރުމުގެ ސަބަބުން ނެވެ.

އޮކްޓޯބަރު މަހު އިންޑިއާގައި ވިއްކާފައިވާ އިލެކްޓްރިކް ވެހިކަލްގެ 64 އިންސައްތައަކީ ސައިކަލެވެ. އިންޑިއާގައި ޖުމުލަ 6 ކުންފުންޏަކުން އަމިއްލަ ސައިކަލްތައް އުފައްދައެވެ.

މި ލިޔުމާ ގުޅޭ