ޕާކިސްތާނުގެ ހޮސްޕިޓަލްތަކުގައި ޖިންސީ ގޯނާކުރުން އާންމު

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2024

ބީބީސީން ކުރި އިންވެސްޓިގޭޓިވް ތަހުގީގެއްގައި ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި ވެސް ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ އަންހެނުންނަށް ޖިންސީ ގޯނާ ކުރާކަން ހާމަވެފައި ވެއެވެ. ބީބިސީއަށް މައުލޫމާތު ދިން މީހުން ބުނަނީ، ގޯނާ ކުރާ މީހުންގެ ތެރޭގައި އެކުގައި މަސައްކަތް ކުރާ ފިރިހެން އެކުވެރިންނާއި ބަލިމީހުންނާއި އެމީހުންގެ އާއިލާތައް ވެސް ހިމެނޭ ކަމަށެވެ. ގިނަ ފަހަރަށް އެމީހުން އެ އަނިޔާތައް ރިޕޯޓު ނުކުރާ ކަމަށް ބުނެއެވެ. އަދި އެކަން ނުކުރަނީ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރަށާއި، އިޖުތިމާއީ ގޮތުން މީހާ ކުށްވެރިއެއް ކަމުގައި ބަލައިގަނެފާނެތީ އާއި އާއިލާގެ މީހުންގެ ”ޝަރަފު“ އަށް އުނިކަމެއް ނުދިނުމަށްޓަކައެވެ.

ގަނާ ކުރުމުގެ ހާދިސާތައް ރިޕޯޓު ކުރަމުން ބުނެފައި ވަނީ އެހެން ހާދިސާއެއްގައި، ކަރާޗީގައި، ހޮސްޕިޓަލުގެ ފާޚާނާއެއްގައި ޒުވާން ޑޮކްޓަރެއް ސިއްރުން އެކުގައި މަސައްކަތް ކުރާ އަންހެނަކު ވީޑިއޯ ކުރި ކަމަށެވެ. އަދި އެވީޑިއޯއާއެކު އެކުގައި މަސައްކަތް ކުރާ އެހެން ފިރިހެނަކު ބްލެކް މެއިލް ކުރި ކަމަށެވެ.

އެ ޖަރީމާ ރިޕޯޓް ކުރުމަށް ލަފާ ދިން ނަމަވެސް، އޭގެ ސަބަބުން އަންހެން ކުއްޖާގެ އަބުރަށާއި އާއިލާއަށް ހުތުރު ނަން ލިބިދާނެތީ، އޭނާ ވަނީ އެކަން ރިޕޯޓު ނުކުރާން ނިންމާފައެވެ.

ހަމައެފަދައިން އެހެން މައްސަލަތަކުގައި ޖަރީމާތައް ހިންގާފައިވާ މީހުންނަށް އަދަބު ދޭންވެސް ހޮސްޕިޓަލުގެ އިދާރާތަކުން ފަސް ޖެހެއެވެ. އަދި ބައެއް ފަހަރަށް އަދަބެއްގެ ގޮތުގައި އެ މީހުން ހަމައެކަނި އެކި އެހެން ވޯޑަކަށް ބަދަލު ކުރުން ހިމެނެ އެވެ.

ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގެ އެންމެ ފުލުގައި އޮންނަ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާންގައި އެހެން ދާއިރާތަކުގައިވެސް މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ބޮޑެތި ހުރަސްތަކާއި އުނދަގޫތަކާ ކުރިމަތިލާން ޖެހެ އެވެ.

2021 ވަނަ އަހަރު ފެށި އަންހެނުންނަށް ޚާއްސަ ޕިންކް ބަސް ފަދަ އިނިޝިއޭޓިވްތަކުގެ މަގުސަދަކީ އަންހެނުންނަށް ރައްކާތެރި އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. ނަމަވެސް އަދިވެސް ޕާކިސްތާން އަދިވެސް އުޅެނީ ފުންކޮށް ބިންވަޅު ނެގިފައިވާ ފިރިހެންވަންތަ ހަމަތަކުގައެވެ.

މި ލިޔުމާ ގުޅޭ