ބަނގުރާ ބޭނުންކޮށް އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި ތިންމީހަކު ހައްޔަރު ކޮށްފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މީހުން ހައްޔަރު ކޮށްފައިވަނީ މީލާދީ އައު އަހަރާ ގުޅިގެން ރޭ މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި ފުލުހުންނަށް ލިބުނު މައުލޫމާތަކަށްފަހުގައެވެ.
މި އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވަނީ، ސ. ހުޅުދޫ، ޗާންދަނީގޭ، އަހުމަދު އާނިޝް (22 އ) އާއި އެރަށު، ހެޕީ ޑްރީމް، އަބްދުއްސަތަރު (16އ) އާއި، ގ. ރެއިންބޯ، އިސްމާއީލް މާހީން މުސްތަފާ (26އ) އެވެ.
މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ޝަރުތު ތަކާއެކު ދޫކޮށްލައިފައެވެ. ފުލުހުން ދަނީ މިމައްސަލަ ބަލަމުންނެވެ.






