އެމްއެންޑީއެފްގެ އުޅަނދެެއް ކަނޑުމަތީގައި ހަރަކާތްތެރިވަނީ

ސަފާރީއަކުން ކަނޑަށް ވެއްޓުނު މީހަކު ހޯދަން ފަށައިފި

މުހައްމަދު އަލީ
ޖެނުއަރީ 10, 2025

އދ، ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއަކުން ރޭ ކަނޑަށް ވެއްޓުނު ދިވެހި ފިރިހެނަކު ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ އޭނާ ގެއްލިގެން ރިޕޯޓު ކުރުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައިވާ ކަމަށެވެ. ކަނޑަށް ވެއްޓިފައިވަނީ ނ. ހޮޅުދޫ، ސީވީޑު، އަލީ އަރުޝަދު (35އ) އެވެ.

އޭނާ ކަނޑަށް ވެއްޓިފައިވާކަން ދެނެގަނެވިފައިވަނީ ސަފާރީގެ ސީސީޓީވީ ފުޓޭޖު ބަލައިގެން ކަމަށް ފުލުހުން ވިދާޅުވިއެވެ. ”ރޭގެ ވަގުތެއްގައި ސަފާރީގެ ޓެކުމަތީ އޭނާ ހުއްޓައި ވެއްޓި އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާތަން ސަފާރީގެ ސީސީޓީވީ ފުޓޭޖުން ފެނިފައިވޭ“ ފުލުހުން ވިދާޅުވިއެވެ.

މި މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފާއި ފުލުހުން ދަނީ ކުރަމުން ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ