ރާއްޖޭގެ ސަރަހައްދުން ލަންކާ ބޯޓެއް އަތުލައިގެންފި

މުހައްމަދު އަލީ
ޖެނުއަރީ 16, 2025

ދިވެހި  ރާއްޖޭގެ ސަރަހައްދުން ބޭރުގެ މަސް ބޯޓެއް އަތުލައިގެންފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ. އެމްއެންޑީއެފުން ވިދާޅުވީ އަތުކައިގެންފައިވަނީ އަވަށްޓެރި ސްރީލަންކާގެ މަސް ބޯޓެއް ކަމަށެވެ.

މި ބޯޓު އެމްއެންޑީއެފް ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ބޯޓު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވަނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނާ ޚިލާފަށް ކަމަށްވާތީ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ބޯޓު އަތުލައިގެންފައިވާ ސަރަހައްދެއް ސިފައިން ވިދާޅުވެފައެއް ނުވެއެވެ. މި ބޯޓުގައި ހަ މީހަކު ތިއްބެވެ. އެ ބޯޓާއި އޭގައި ތިބި ހަ މީހުން މިހާރު ވަނީ ދިވެހި ފުލުހުންނާ ހަވާލުކޮށްފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ