ފޮރިން މިނިސްޓަރު ޑރ؛ ޚަލީލުގެ ޝުކުރު ޕާކިސްތާނަށް

މުހައްމަދު އަލީ
ޖެނުއަރީ 20, 2025

ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ޕާކިސްތާން ސަރުކާރުން ވެދެއްވާ އެހީތައް ފާހަގަކުރައްވައި ރާއްޖޭގެ ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ޕާކިސްތާނުގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަސް ޝުކުރު ދަންނަވައިފިއެވެ.

ފޮރިން މިނިސްޓަރ ޕާކިސްތާން ސަރުކާރަށް ޝުކުރު ދެންނެވީ ޕާކިސްތާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރު، ވައިސް އެޑްމިރަލް (ރިޓަޔަޑް) ފައިސަލް ރަސުލް ލޯދި އާއި މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ފޮރިން މިނިސްޓްރީގައި ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޚަލީލް އައު ސަފީރަށް ތަހުނިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު މިހާރު އޮތް ގާތްގުޅުން އިތުރަށް ބަދަހި ކުރުމާބެހޭ ގޮތުން ދެބޭފުލުން ވަނީ މަޝްވަރާ ކުރައްވައިފައެވެ.  މި ބައްދަލު ކުރެއްވުމުގައި ސަފީރު ފައިސަލް ރަސުލް ލޯދި ވިދާޅުވީ އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ދެޤައުމުގެ ދެމެދު ގައި އޮތް ގާތް ގުޅުން ބަދަހިކުރައްވާނޭ ކަމަށެވެ. އޭގެ އިތުރުން ދެޤައުމަށް ވެސް ފައިދާ ހުރި ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ވެސް ދެއްވިއެވެ.

 

މި ލިޔުމާ ގުޅޭ