ފަންސާސް ފަސް ރަށެއްގެ ކައުންސިލް އިމާރާތް އާކުރަނީ

މުހައްމަދު އަލީ
ޖެނުއަރީ 20, 2025

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ފަންސާސް ފަސް ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް މެލޭޝިޔާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.

”ހެކްސްޓަރ ގްލޯބަލް“ އާއެކު އެއްބަސްވުމުގައި ސޮއި ކުރުން އޮތީ ސްޓެލްކޯގެ ފަސް ވަނަ ފަންގިފިލާގެ އޮޑިޓޯރިއަމްގައެވެ. ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރުމެންޓް އެންޑް ޕަބްލިކް ވޯކްސްގެ ފަރާތުން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޑޮކްޓަރ ފާޠިމަތު މުނާއެވެ. ހެކްސްޓަރ ގްލޯބަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޢަލީ ޝަރީފެވެ.

މި އިމާރާތްތަކުގެ ފަސޭހަކަން ކައުންސިލުތަކަށް ކުރިއަށް އޮތް އަހަރުތެރޭ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކޮށް، އެ ނިޒާމުގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ބާރުވެރި ކުރުމަށް މުހިންމު ފިޔަވަޅުތަކެއް މި ސަރުކާރުން އަންނަނީ އަޅުއްވަމުން ކަމަށް ވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ