އެމްޑީޕީ ރައީސާއި ޗެއަރޕާސަން އަތުގުޅާލައިފި މާދަމާ މަސްމާރުކޭޓު ސަރަހައްދަށް

މުހައްމަދު އަލީ
ޖެނުއަރީ 20, 2025

ޖަނަވަރީ އެއްތިރީސް ވަނަ ދުވަހު އެމްޑީޕީން ބާއްވާ ސުލްހަވެރި ހިނގާލުން ޕްރޮމޯޓު ކުރުމުގެ މަސައްކަތް މިހާރުވަނީ ވައިގައި ހިފައި ފޯރިގަދަވެފައެވެ.

މި މަސައްކަތް އިތުރަށް ވަރުގަދަކޮށް ޕްރޮމޯޓު ކުރުމުގެ މަސައްކަތަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އަމަލީ ގޮތުން ނުކުންނަވާފައެވެ. އެގޮތުން ޑޯޓުޑޯ އަށް ވަޑައިގެންނެވުމާއި ބޭނާތައް ޕްރިންޓު ކުރުމާއި ބޭނާތައް ހަރު ކުރުކުރުމުގެ މަސައްކަތުގައި އެބޭފުޅުންގެ އިތުރަށް ޕާޓީގެ އިސްބޭފުޅުން ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

”ފުދިއްޖެ-ފުނޑިއްޖެ“ ހިނގާލުން ޕްރޮމޯޓު ކުރުމުގެ މަސައްކަތުގެ ތެރެއިން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން މާދަމާ މާލޭ  މަސްމާރުކޭޓާއި  މަޖޫރީން އުޅޭ ސަރަހައްދަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

މިހަރަކާތުގައި އެމްޑީޕީގެ ގައުމީ މަޖްލީހުގެ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވުމަށް ވެސް އެޕާޓީން ވަނީ އެދިފައެވެ. މާދަމާ މެންދުރު ފަހު 2 ޖަހާއިރު ބާއްވާ މިހަރާކާތް ފެށުމަށް އެގަޑިއަށް ސޯލްޓް ކައިރިއަށް އައުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މި ލިޔުމާ ގުޅޭ