ހިފާފައިވާ ހުޅަނގު އައްސޭރީގެ ނާބްލަސްގެ އިރުމަތީގައިވާ ޔޫސުފްގެފާނުގެ ޒިޔާރަތް ކައިރީ، އިޒްރޭލްގެ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް އެ ސަރަހައްދުގެ މީޑިއާ ރިޕޯޓްތަކުން ބުނެއެވެ. މި ހަމަނުޖެހުންތައް ހިނގާފައިވަނީ، އިޒްރޭލްގެ ރައްޔިތުން އެއްބަސްވުމެއް ނެތި އަދި ގާނޫނާ ޚިލާފަށް ނާބްލަސްގެ ސިޓީއަށް ވަނުމަށް މަސައްކަތްކުރި ވަގުތުގައެވެ.
އިޒްރޭލްގެ އަސްކަރިއްޔާއިން ދިން މައުލޫމާތުގައި ބުނެފައިވަނީ، އިޒްރޭލްގެ ރައްޔިތުން ގާނޫނާ ޚިލާފަށް އަދި ކޯޑިނޭޓް ކުރުމެއް ނެތި ހިފާފައިވާ ވެސްޓް ބޭންކްގެ ނާބްލަސް ސިޓީއަށް ވަނުމަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިޒްރޭލްގެ އަސްކަރީ ފައުޖުތަކުން ވަނީ ސިޓީއަށް ވަންނަ ދޮރުތައް ބަންދުކޮށް، އެއްވެފައިތިބި މީހުން ރޫޅާލމަށް މަސައްކަތްކޮށްފައެވެ.
މީގެ އިތުރުން، އިޒްރޭލްގެ މީހުން ޔޫސުފްގެފާނުގެ ޒިޔާރަތަށް ވަދެފައިވާ ކަމަށާއި، އެ ސަރަހައްދުގައި ފަލަސްތީނުގެ ރައްޔިތުންނާ އެމީހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް ބުނެއެވެ. ޔަހޫދު ސިފައިން ވަނީ އެ ސަރަހައްދަށް ޔަހޫދުން ވަނުމަކީ ނުރައްކާތެރި އަދި ގާނޫނުން މަނާކަމެއް ކަމުގައި ހަނދާންކޮށްދީފައެވެ.
އިޒްރޭލްގެ ވައްލާ ނިއުސް ސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލްގެ ސެޓްލަރ ވަޒަންވެރިންނާއި ފަލަސްތީނުގެ ރައްޔިތުން ދެމެދު ހަމަލަ ބަދަލުކޮށްފައިވެއެވ. މި ހަމަނުޖެހުންތަކުގައި ބައެއް މީހުންނަށް ކުދިކުދި އަނިޔާ ލިބިފައިވާ ކަމަށާއި، ފަލަސްތީނު އޮތޯރިޓީގެ ފުލުހުން ވަނީ އަނިޔާވި އިޒްރޭލް ރައްޔިތުން އެ ސަރަހައްދުން ދުރުކޮށްފައެވެ.






