އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އިރުޝާދުގެ ދަށުން ތަރައްޤީކޮށްފައިވާރ ރިސޯޓެއް

އިބްރާހީމްް ސަމީރު
ޖޫން 28, 2025

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންގެ އިރުޝާދުގެ ދަށުން ތަރައްޤީކޮށްފައިވާ މުނިފޫހިފިލުވުމައި ފަތުރުވެރިކަމަށް ޚާއްސަ ރިސޯޓެއް ރަސްމީކޮށް ހުޅުއްވައިފިއެވެ. މި ރިސޯޓުގައި 150 ކޮޓަރީގެ ލަގްޒަރީ ހޮޓަލަކާއި ވޯޓަރތީމް ޕާކެއް ހިމެނެއެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އުތުރު ކޮރެއާގެ ލީދަރު ގެންގުޅުއްވާ ވިޝަންއާއި ޤައުމީ ތަރައްޤީ އައު ހަރުފަތަކަށް ގެންދިއުމުގެ މަޤްޞަދުގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެކެވެ.

މި ރިސޯޓަކީ އުތުރު ކޮރެއާގެ އައްސޭރިފަށުގައި 5 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގާއިމްކޮށްފައިވާ ރިސޯޓެކެވެ.

މި ވަގުތު މި ރިސޯޓުން މަރުޙަބާ ކިޔަމުންދަނީ ހަމައެކަނި އުތުރު ކޮރެއާގެ ފަތުރުވެރިންނާއި ރަޝިޔާއިން ޒިޔާރަތްކުރާ ފަތުރުވެރިންނަށް އެކަންޏެވެ.

މި މަޝްރޫޢުގައި ޒަމާނީ ޢިމާރާތްކުރުމުގެ ފަންނާއި ތިމާވެއްޓާ ރައްޓެހި ޑިޒައިންތަކަށް ޚާއްޞަ ސަމާލުކަމެއް ދީފައިވެއެވެ. މީގެ ތެރޭގައި މުނިފޫހިފިލުވުމުގެ ވަސީލަތްތައް ގާއިމް ކުރުމާއި، ފެންވަރު ރަނގަޅު ކަނާ ލިބުން ހިމެނެއެވެ. ވޯޓަރ ޕާކު އުފައްދާފައި ވަނީ އާއިލާއާ ރައްޓެހި ޙަރަކާތްތައް ހިންގޭ ގޮތަށެވެ.

އުތުރު ކޮރެއާ ސަރުކާރުން ބުނަމުން ދަނީ މި ރިސޯޓުގެ ސަބަބުން ވަޒީފާގެ އިތުރު ފުރުޞަތުތައް އިތުވެ އިޤްތިޞާދަށް ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިގެންދާނެއެވެ. ރަޝިޔާ ފަތުރުވެރިންނަށް ކޮރެއާގެ ސަޤާފީ ޝޯތަކާއި އަސްލު ކޮރެއަން ކެއުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ބުނެއެވެ.

ރަޝިޔާއިން ވަނީ އުތުރު ކޮރެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފަށާފައެވެ.

މި ލިޔުމާ ގުޅޭ