އޭޝިއާ-ޕެސިފިކް ސަރަހައްދުގައި 2029 ވަނަ އަހަރާ ހަމައަށް މިލިއަނަރުން އިތުރުވާ ނިސްބަތް ކޮންމެ އަހަރަކު 9 ޕަސެންޓްގެ ކުރިއެރުމެއް ހޯދާނެ ކަމަށް ލަފާކުރެވެއެވެ. މިއީ އުތުރު އެމެރިކާގެ އިންސައްތަ4 އާއި ހުޅަނގު ޔޫރަޕްގެ އިންސައްތަ5 އަށްވުރެ މާ މަތީ އަދަދެކެވެ.
މި ކުރިއެރުމުގެ މައިގަނޑު އެއް ބާރު ކަމަށް ވާނީ އިންޑިއާއެވެ. ޒުވާން ވިޔަފާރިވެރިންނާއި ކޯޕަރޭޓް ލީޑަރުންގެ ސަބަބުން މި ބަދަލުތައް އިތުރަށް ހަލުވިވެފައިވާ ކަމަށް ރިޕޯޓުގައި ބުނެއެވެ.
ބޮސްޓަން ކޮންސަލްޓިން ގްރޫޕް (ބީސީޖީ) އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާގެ ޑޮލަރު މިލިއަނަރުންގެ އަދަދު 2024 އިން 2029 އާ ދެތެރޭ އިންސައްތަ55 އަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދުނިޔޭގެ އެވްރެޖް ކަމަށްވާ އިންސައްތަ21 އަށްވުރެން މާ މަތީ އަދަދެއް ކަމަށް ބެލެވެއެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، 2023 އާއި 2024 އާ ދެމެދު އިންޑިއާގެ މާލީ މުއްސަނދިކަން އިންސައްތަ10.8 އަށް އިތުރުވެފައިވެއެވެ. މިއީ އޭޝިއާ-ޕެސިފިކް ސަރަހައްދުގެ އެވްރެޖް ކަމަށްވާ އިންސައްތަ7.3 އަށްވުރެ އިތުރު އަދަދެކެވެ.
2014 އިން 2024 އަށް އޭޝިއާ-ޕެސިފިކް ސަރަހައްދުގައި ވެލްތު މެނޭޖަރުންގެ 50 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އިންޑިއާ ފަދަ ތަރައްޤީވަމުން އަންނަ މާކެޓްތަކެވެ. ދުނިޔޭގެ މާލީ މުއްސަނދިކަން 2024 ވަނަ އަހަރު 305 ޓްރިލިއަން ޑޮލަރަށް އަރާފައިވެއެވެ. އަދި އެއީ، އިންސައްތަ8.1ގެ ކުރިއެރުމެކެވެ.
2024 ވަނަ އަހަރު އިންޑިއާއަށް 39،000 އައު މިލިއަނަރުން އިތުރު ވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.
މިއީ މިލިއަނަރުންގެ އަދަދު އިތުރުވުމުގެ ނިސްބަތުން ދުނިޔޭގައި ހަތަރުވަނަ އަށް އެންމެ ގިނަ އަދަދެއްގެ މިލިއަނަރުން އިތުރުވި ގައުމެވެ.






