އިޓަލީ ބޮޑު ވަޒީރު ބޭނުން ވަނީ މުސްލިމު އަންހެނުން ނިވައިނުވެ އުޅެން

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 10, 2025

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އިސްލާމޯފޯބިއާ ސިޔާސަތުގެ ދަށުން ނިވާކޮށްގެން އުޅޭ މުސްލިމު އަންހެނުންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައެވެ. އެގޮތުން އާންމު ތަންތާނގައި މުސްލިމު އަންހެނުން އައުރަ ނިވާ ކޮށްގެން ތިބުން މަނާ ކުރުމަށް ނިންމާފައި ވެއެވެ. އެ ނިންމުން އަންނާނީ މެލޯނީ ފާސްކުރަން އުޅޭ ބުރުގާ އެޅުން މަނާކުރާ ބިލު ފާސްވުމުންނެވެ.

މި ބިލު ފާސްވުމުން ފިހާރަ، އޮފީސް، ސްކޫލް އަދި ޔުނިވަރސިޓީ ފަދަ ތަންތަނަށް ދާއިރު އައުރަ ނިވާކޮށްގެން ތިބެގެން ނުވާނެއެވެ. އަދި އެފަދަ ތަންތާނގައި އައުރަ ނިވާ ކުރުމުން  ޖޫރިމަނާ ކުރެވޭނެއެވެ.

މީގެ އިތުރުން، މިސްކިތްތަކާއި އިސްލާމީ ތަޢުލީމީ މަރުކަޒުތަކުގެ މާލީ ކަންކަން ހާމަކުރުމަށްވެސް މި ބިލުން ބާރު އަޅާނެއެވެ. އަދި މިބިލުގައި މުސްލިމު އަންހެނުންގެ ހަށިގަނޑުގެ ސާފުތާހިރުކަން ބެލުމާއި މަޖުބޫރުން ކައިވެނި ކުރުވުން ފަދަ ކަންކަން ކުށެއްގެ ގޮތުގައި ކަނޑައެޅުން ވެސް ހިމެނެއެވެ. އިޓަލީގައި މުސްލިމު އަންހެނުންނާ ޚިލާފަށް މުސްލިމު ނޫން އަންހެނުންނަކީ ބޮޑުކަމު ގޮސް ފެނުން ތާހިރުވާ ބަޔެއް ނޫނެވެ. ނަމަވެސް އިޓަލީ އަންހެނުން ފާޚާ ކޮށްގެން ނަޖިހުން ތާހިރުވުމަށާއި ޖިމާއު ވުމަށްފަހު ފެންވެރުން މަޖުބުރު ކުރާ ގާނޫނެއް ގެންނާކަށް މެލޯނީ ނުވިސްނައެވެ!

ގަދަކަމުން ކައިވެނި ކުރުމުން 10 އަހަރާ ހަމައަށް ޖަލު ޙުކުމް ކުރެވިދާނެކަމަށްވެސް ގާނޫނުގައި ބުނެއެވެ.

މި ބިލަށް އިޓަލީގެ މުސްލިމު މުޖުތަމަޢުން ވަނީ ފާޑުކިޔާފައެވެ. އަދި މިއީ އިޓަލީގައި ދިރިއުޅޭ ގާތްގަނޑަކަށް 2 މިލިއަން މުސްލިމުންނާ އަދާވާތްތެރި އިސްލާމޯފޯބިއާގެ ބިލެއް ކަމަށް ވަނީ ސިފަކޮށްފައެވެ.

އިސްލާމޯފޯބިއާ އަކީ ސިޔާސަތެއް ކަމަށް ހަދައި ފްރާންސް، އޮސްޓްރިއާ އަދި ބެލްޖިއަމް ފަދަ ޤައުމުތަކުން މިފަދަ ބިލްތައް ފާސް ކުރާއިރު އިޓަލީންވެސް އެ ބަޔަށް ވަންނަން ދިމާ ކުރީއެވެ.

 

މި ލިޔުމާ ގުޅޭ