ޖެނޮސައިޑަށް ފަހު ޔަހޫދީން ބަލައެއް ނުގަނޭ

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2025

އެމްސްޓަޑަމްގައި ޔަހޫދީން ބާއްވަން އުޅުނު ކޮންސެޓަކަށް ހޯލު ނުދޭން ނެދަރލެންޑްސްއިން ނިންމައިފިއެވެ. ރޮޔަލް ކޮންސާޓް ހޯލްގައި ޔަހޫދީން ބާއްވަން އުޅުނު ކޮންސެޓަކީ މިއުޒިކް ކޮންސެޓަކެވެ. ކޮންމެ އަހަރަކު ބާއްވާ މި ކޮންސެޓު މިޑިސެމްބަރު 18 ގައި ބޭއްވުމަށް އޮތީ ހަމަޖައްސާފައެވެ.

ރޮޔަލް ކޮންސެޓް ހޯލް އިން ވަނީ މި ކޮންސެޓްގައި ބައިވެރިވާ ސިފައިންގެ މީހާ ބައިވެރިވާނަމަ ހޯލު ނުދެވޭނެ ކަމަށް ބުނެފައެވެ. ދެފަރާތް ދެމެދު ބަހުސްތަކެއް ހިނގައި އޭނާ ބަދަލު ކުރުމަށް ޔަހޫދީން ދެކޮޅު ހެދުމުން ހޯލު ނުދޭ ގޮތަށް ނިންމީއެވެ.

އެ ސިފައިންގެ މީހާއަކީ ޣައްޒާގައި ޖެނޮސައިދް ހިންގުމުގައި ޔަހޫދީ ޖެނޮސައިޑް ފޯސްގައި ބައިވެރިވެފައިވާ މީހެކެވެ.

ޖެނޮސައިޑް ހިންގި ފަހުން ޒަޔަނސްޓް ޔަހޫދީންނަށް ދިރިއުޅުން ދަތވެފައި ވެއެވެ. ދާކޮންމެ ދިމާއަކުން މިއީ ޖެނޮސައިޑް ހިންގި ޔަހޫދީއެކޭ ބުނެ ފަސްފަހަތުން އަޅުވާލައެވެ.

ހިންދު ރަޖަބު ފައުންޑޭޝަނުން ވަނީ ޖެނޮސައިޑް ފޯސްގެ މުޖުރިމުންގެ ފަސްފަހަތުން ދިއުމަކީ އެމީހުންގެ ޚާއްސަ މަސައްކަތް ކަމުގައި ހަދާފައެވެ.

މިހާރުވެސް ދުނިޔޭގައި މީހުން ވާހަކަ ދައްކަމުން ދަނީ ޔަހޫދީ ސިފައިންގެ ބަޔަކު ފަލަސްޠީނުގެ ގައިދީއަކު ރޭޕްކޮށްލި މައްސަލައާ ބެހޭ ގޮތުން ނެވެ. މިއިން ޔަހޫދީ ޖެނޮސައިޑް ފޯސްއަކީ އެއްވެސް އަޚުލާގެއް ނެތް ބަޔެއްކަން ސާބިތުވެއެވެ.

މި ލިޔުމާ ގުޅޭ