ޓްރަމްޕަށް އެމެރިކާ ސަރުކާރެއް ނުހިންގުނެވެ. އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ނުދީ ސަރުކާރުގެ އަސާސީ ޚިދުމަތްތައް ހުއްޓާލާފައި އޮންނަތާ 36 ދުވަސް ވީއެވެ.
މީހުންގެ އަތް މަތި ދަތިވެ ބިކަ ވެފައި ވެއެވެ. ވިޔަފާރި ނުކުރެވޭތީ ފިހާތަކުން ކާނާއާ ބެހޭ މުދާވެސް މަދުވާން ފަށާފައި ވެއެވެ. ބައެއް ތަންތާނގައި ކޮންމެ މީހަކަށް އެކަތި ނޫނީ ދޭތި ވިއްކާކަމަށް ބުނެ ބޯޑް ޖަހާފައި ވެއެވެ.
ޓްރަމްޕަށް މިކަން ހައްލު ކުރެވެން އުޅޭ ހެނެއް ހިއެއް ނުވެއެވެ.
އޭގެ އިތުރުން ތްރަމްޕަށް ވަނީ އެމެރިކާގެ އެކި ތަންތާނގައި ބާއްވާފައިޥާ އިންތިޚާބުގައި ސިލްސިލާ ބަލިވުންތަކާ ކުރިމަތިލާން ޖެހިފައެވެ.
މުސްލިމުންގެ އިންޑިއާ ނަސްލުގެ 3 މީހަކު ވަނީ ތްރަމްޕާ ދެކޮޅަށް ނިކުމެ ކާމިޔާބު ހޯދާފައެވެ.






