މަމްދާނީއަކީ މަގްބޫލު ޒުވާން ސިޔާސީ ލީޑަރެއް

އިބްރާހީމްް ސަމީރު
ނޮވެމްބަރ 5, 2025

މަމްދާނީއަށް އެއް މިލިއަން ވޯޓަށް ވުރެން ގިނައިން ލިބިފައި ވެއެވެ. ޓްރަމްޕްސަޕޯޓު ކުރި އަންހެނުން ރޭޕް ކުރި މައްސަލަތަކެއްގައި ބެދިފައިވާ އެންޑްރޯ ކޫމޯއަށް ލިބުނީ 8 ލައްކައެއްހައި ވޯޓެވެ. މިއީ 1960ގެ ފަހުން މިހާ ބޮޑު ކާމިޔާބީއެއް ކެންޑިޑޭޓަކު ހޯދި ފަހަރެވެ.

މަމްދާނީ ވަނީ ހުރިހައި ދަރިކޮޅުގެ މީހުންނަށް ޚިދުމަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާގެ ފުރަތަމަ ސްޕީޗްފގައިވެސް ޓްރަމްޕާ ދިމާއަށް ވިދާޅުވީ ދެން އަޑުޖައްސައިގެން ޓީވީ ބަލަން ނިކަން އިންނާށެވެ!

އޭނާގެ އިންތިޚާބު ކާމިޔާބު ކުރުމާއެކު ދެއްވި ސްޕީޗްގައި އޭނާގެ މަންމަ އިންޑިއާ ދަރިކޮޅުގެ ފިލްމު އުފައްދާ މީރާ ނައްޔަރާއި ކޮލޮމްބިއާ ޔުނިވާސިޓީގެ ޕްރޮފެސަރ ޔޫގަންޑާއަށް އުފަން ބައްޕަ މަހުމޫދު އަދި އަނބިކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މަމްދާނީއަށް ލަންޑަންގެ މޭޔަރ ސާދިގް ޚާންވެސް ވަނީ މަރުޙަބާ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ