އިންޑިއާގެ މަނިޕޫރުން ސެޓެލައިޓް ޓެގްކޮށްފައިވާ ތިން ބާޒެއް އުދުހެމުން ޒިމްބާބްވޭއަށް ގޮސްފިއެވެ. އަމޫރު އާއިލާގެ މި ބާޒުތައް ކަމަށްވާ އަޕަޕަންގް، އަލަންގް، އަދި އަހޫ ގެ ނަމުން ނަންދީފައިޥާ 3 ބާޒު ޒިމްބާބްވޭއަށް ފޯރާފައި ވަނީ 6 ދުވަހުގެ ތެރޭގައެވެ.
މި 6 ދުވަހު މި ސޮރުމެން ވަނީ 6،100 ކިލޯމީޓަރަށް ދަތުރުކޮށްފައެވެ.
މި ސޮރުމެންގެ ދަތުރުން ބާޒުތަކުގެ ކެތްތެރިކަމާއި، ބައްރުތަކުގެ ތިމާވެށި ގުޅުވައިދޭ ގޮތަށް ދޫނިތައް ހިޖުރަ ކުރާ ގޮތް ދައްކައެވެ.






