ކުރީގެ ޖީމެއިލް އެޑްރެސް ޑިލީޓް ކޮށްނުލާތި

އިބްރާހީމްް ސަމީރު
ޑިސެމްބަރ 26, 2025

ޖީމެއިލް އެޑްރެސް ބޭނުން ކުރަން ބޭނުން ވެގެން އަހަރަންގެ މަންމަ އަބަދުވެސް ވާހަކަ ދައްކާނެއެވެ. އެއީ ޖީމެއިލް އެންމެ ފުރަތަ އާންމުންނަށް ހުޅުވާލި އިރު ހަދާފައިވާ ޖީމެއިލް އެކެވެ. އެހެން ވެ ޒަމާނާއެކު ޖީމެއިލް އައިޑީ ބޭނުން ކުރަން ބޭނުންވާ އެހެން މީހުންވެސް ތިބެ ދާނެއެވެ.

މިހާތަނަށް މިކަން އޮތީ ނުކުރެވޭނެ ކަމަކަށް ވެފައެވެ. މިހާރު ޖީމެއިލް ކުންފުނި ގޫގުލްގެ ވިސްނުން ބަދަލުވާން ފަށައިފި ކަމަށް އެކުންފުނީގެ މި ބާވަތުގެ މައުލޫމާތު ހާމަ ކުރާ ސައިޓަކުން ބުނެއެވެ.

އެހެންވެ. ތިބާވެސް ކުރީގެ ޖީމެއިލް އެޑްރެސް ބަދަލު ކުރަން ބޭނުންވެފައި އޮތްނަމަ އަދި ދުވަސް ކޮޅަކަށް ހިފަހައްޓާލާށެވެ.

ކުރިއަށް އޮތް ހަފްތާތަކުގައި ގޫގްލްއިން މިކަމާ ބެހޭ ގޮތުން އިއުލާނެއް ކުރާނެއެވެ. އެކަމަކު ރާއްޖެއާ ހަމައަށް އެ ފީޗާ އަންނަން ވަގުތުކޮޅެއް ނަގާފާނެއެވެ، ކެތް ކޮށްލާށެވެ!

މި ލިޔުމާ ގުޅޭ