މިނިއަޕޮލިސްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން މީޑިއާއަށް އަމާޒުކޮށް ވެންސް ވަރުގަދަ ހަމަލާތަކެއް ދެއްވައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 9, 2026

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް، މިނިއަޕޮލިސްގައި އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް އައިސް އޭޖެންޓަކު ބަޑިޖަހައި މީހަކު މަރާލި ހާދިސާއާ ގުޅިގެން މީޑިއާން އަމަލުކުރަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ވެންސް ވަނީ އެ ހާދިސާގެ ރިޕޯޓިންއަކީ ބޮޑު ލަދުވެތި އަމަލެއް ގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި ހާދިސާ ހިނގާފައިވަނީ އައިސް އިން ހިންގި އޮޕަރޭޝަނެއްގެ ތެރޭގައި، އުމުރުން 37 އަހަރުގެ ރެނީ ނިކޯލް ގުޑް ދުއްވަން އިން އުޅަނދަށް އޭޖެންޓުން ބަޑިޖަހައި އޭނާ މަރާލުމުގެ ސަބަބުންނެވެ. ފެޑަރަލް އޮފިޝަލުން ބުނާ ގޮތުގައި އޭނާ މަސައްކަތް ކުރީ ކާރު ބޭނުންކޮށްގެން އޭޖެންޓުންނަށް ހަމަލާދޭށެވެ. ނަމަވެސް، ސްޓޭޓްގެ ކަމާބެހޭ ފަރާތްތަކާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަދި އާންމު ވެފައިވާ ވީޑިއޯތަކުން ބުނަނީ ވެންސްއާއި އެމެރިކާ ސަރުކާރުން އޮޅުވާލަނީ ކަމަށެވެ.

މި މައްސަލައިގައި ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަށް ގޮވާލަމުންދާއިރު، ފެޑަރަލް ސަރުކާރުން ދަނީ ބޮޑީ ކެމެރާ ވީޑިއޯ ފަދަ މުހިންމު ހެކިތައް ސްޓޭޓް އިންވެސްޓިގޭޓަރުންނަށް ދިނުމަށް ދެކޮޅު ހަދައި ފޮރުވަމުންނެވެ. ވެންސް ވިދާޅުވީ އޭޖެންޓް އަމަލުކުރީ ރަނގަޅަށް ކަމަށާއި، މީޑިއާގެ ބަޔާންތަކާ މެދު ސުވާލު އުފައްދައި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ނުރައްކަލުގެ ތެރެއަށް ހުށަހަޅަމުންދާ ކަމަށެވ. އަދި އެއަންހެން މީޙާއަކީ ޓެރަރިސްޓެއް ކަމަށްވެސް ދަނީ ސިފަ ކުރަމުންނެވެ..

ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ވެންސްގެ މި ވާހަކަތަކުން ފެންނަނީ ނޫސްވެރިންނަށް ހަމަލާދީ، ފެޑަރަލް އިދާރާތަކުން ހިންގާ އަމަލުތައް ފޮރުވުމަށް ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭ  މކަރުވެރި ސިޔާސަތެވެ. މި މައްސަލައިގެ ސަބަބުން މިނެސޯޓާގެ ތަހުގީގު ކުރާ ފަރާތްތަކަށް ކުރިއަށް ނުދެވި، ފެޑަރަލް އިމިއުނިޓީ ނުވަތަ ރައްކާތެރިކަމާ މެދު އާ ބަހުސްތަކެއް ވަނީ ފެށިފައެވެ.

އެމެރިކާގެ އެތައް ސިޓީއެއްގައި މީހުން ވަނީ މަގުތަކަށް ނިކުމެފައެވެ. އަދި ބައެއް މީހުން ވަނީ މިއީ އެމެރިކާގެ ރަބީއު ކަމަށް ބުނަން ފަށާފައެވެ. މިހާތަނަށް އެމެރިކާގައި އެތައް ސިޓީއަކުން ނިކުމެފައިވާ މުޒާހަރާތަކަކީ އީރާންގައި ނިކުތް އަދަދަށް ވުރެން ގިނަވެފައި ވަރުގަދަ މުޒާހަރާތަކެކެވެ. ނަމަވެސް ދުނިޔޭގެ މީޑިއާއިން މިކަމަށް ސަމާލުކަން ނުދީ އީރާންގެ އޮޅުވާލާފައިވާ މަންޒަރުތައް ގެނަސްދޭތީ އެކަމާ މެދުވެސް މީޙުން ދަނީ ފާޑު ކިޔަމުންނެވެ.

މި ލިޔުމާ ގުޅޭ