ގްރީންލެންޑްގައި ނޭޓޯ އިން ނޭޓޯއާ ހަނގުރާމަ ކުރަން ތައްޔާރު ވަނީ

އިބްރާހީމްް ސަމީރު
ޖެނުއަރީ 12, 2026

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޑެންމާކުގެ މިނިވަން ދައުލަތެއް ކަމަށްވާ ގްރީންލެންޑަށް އަސްކަރީ ގޮތުން އަރައިގަތުމަށް ބޭނުންވާ ޕްލޭންތައް ތައްޔާރުކުރުމަށް ޚާއްޞަ ފައުޖުތަކުގެ ކޮމާންޑަރުންނަށް އަމުރުކުރައްވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ޑެއިލީ މެއިލްއިން ޑިޕްލޮމެޓިކް އަދި ދިފާއީ މަސްދަރުތަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި، މި އަމުރު އަމާޒުކޮށްފައިވަނީ ޖޮއިންޓް ސްޕެޝަލް އޮޕަރޭޝަންސް ކޮމާންޑް އަށެވެ.

ވައިޓް ހައުސްގެ އޮފިޝަލުން ކަށަވަރުކޮށްދޭ ގޮތުގައި، ގްރީންލެންޑް ހޯދުމަށް ގެންގުޅޭ އެކި ސްޓްރެޓެޖީތަކުގެ ތެރޭގައި އަސްކަރީ ގޮތުން އެތަނަށް އަރައިގަތުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވިފައެވެ. ޓްރަމްޕް މި ސަރަހައްދު ހޯއްދަވަން ބޭނުންފުޅުވަނީ ގައުމީ ސަލާމަތަށްޓަކައެވެ. ވަކިން ޚާއްޞަކޮށް، އާކްޓިކް ސަރަހައްދުގައި ރަޝިޔާ އާއި ޗައިނާގެ ނުފޫޒު ކުޑަކުރުމަކީ މިކަމުގެ މައިގަނޑު އެއް މަގުސަދެވެ.

އެމެރިކާއިން ގްރީންލެންޑަށް އަރައިގަނެފާނެތީ ޖަރުމަން އަދި ޔޫކޭގެ ސިފައިން މިހާރު ދަނީ ގްރީންލެންޑަށް ދާން ތައްޔާރު ވަމުންނެވެ. މާނައަކީ ނޭޓޯގެ މެމްބަރު ދެ ގައުމުން ނޭޓޯގެ މެމްބަރެއް ކަމަށްވާ އެމެރިކާއާ ހަނގުރާމަ ކުރުމަށް ޔައްޔާރަށް އޮތް ކަމުގެ ނިޝާނެކެވެ.

ނަމަވެސް، އެމެރިކާގެ ސިފައިންގެ އިސްވެރިންނާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފް ޓްރަމްޕްގެ ޕްލޭނާ ދެކޮޅަށް ކަމަށްވެއެވެ. އަސްކަރީ ވެރިން މިކަމަކީ ”މޮޔަ އަދި ޣައިރު ގާނޫނީ“ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، މިއީ ކޮންގްރެސްގެ ހުއްދަ ނެތި ކުރެވޭނެ ކަމެއް ނޫން ކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ރައީސްގެ މި ވިސްނުންފުޅު ބަދަލުކުރުމަށް ޖެނެރަލުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.

މި ޚަބަރާއެކު ވިލާތުގެ ގައުމުތަކާއި ޑެންމާކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނޭޓޯގެ ބައިވެރިއަކާ ދެކޮޅަށް ބާރުގެ ބޭނުންކުރުމަކީ އެ އިއްތިހާދު އެތެރެއިން ރޫޅިގެންދާނެ ކަމެއް ކަމަށް އެ ގައުމުތަކުން އިންޒާރުދެއެވެ. ޓްރަމްޕް މީގެ ކުރިން ވިދާޅުވެފައިވަނީ ގްރީންލެންޑުން ގަބޫލުކުރިޔަސް ނުކުރިޔަސް، އެމެރިކާއިން އެތަނުގައި ”ކޮންމެވެސް ކަމެއް ކުރާނެ“ ކަމަށެވެ.

ސިފައިން ބުނަނީ ޓްރަމްޕަކީ 5 އަހަރުގެ ކުއްޖެއްގެ ވިސްނުމުން ވިސްނާ މީހެއް ކަމަށެވެ، އެހެންވެ އޭނާ ގެންގުޅެން ޖެހެނީ ލޮއްސައިގެން ކަމަށެވެ. އެމެރިކާގައި ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ބާރުގެ ބޭނުންކޮށްގެން ގްރީންލެންޑް ހިފުމާ އެމެރިކާގެ ގިނަ ރައްޔިތުންވެސް ދެކޮޅެވެ.

މި ލިޔުމާ ގުޅޭ