އާޖެންޓީނާގެ ޕަޓަގޯނިއާ ސަރަހައްދުގައި ހަލުވިކަމާއެކު ފެތުރެމުންދާ ވއަލިފާންގަނޑުތަކުގެ ސަބަބުން، ޗުބުޓް ޕްރޮވިންސުން 17,500 އަށްވުރެ ގިނަ ހެކްޓަރުގެ ބިން އަނދައި، 3,000 އަށްވުރެ ގިނަ މީހުންނާއި ފަތުރުވެރިން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ. މި އަލިފާންގަނޑުތަކުގެ ނުރައްކާ އާންމުންގެ ގެދޮރަށާއި، ޖަންގަލިތަކުގެ އިތުރުން ފަތުރުވެރިކަމުގެ މުހިންމު ސަރަހައްދުތަކަށް ވަނީ ކުރިމަތިވެފައެވެ.
ޖެނުއަރީ މަހުގެ 5 އާއި 7 އާ ދެމެދު ޕުއެރްޓޯ ޕެޓްރިއާޑާ އަދި މައުންޓް ޕިރްކޭ ކައިރިން ފެށުނު މި އަލިފާންގަނޑުތައް، ބާރުގަދަ ވައިގެ ސަބަބުންނާއި ކުރިމަތިވެފައިވާ ހަނަފަސްކަމުގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ފެތުރިފައެވެ. ޗުބުޓްގެ ގަވަރުނަރު އިގްނާސިއޯ ޓޮރޭޒް ވިދާޅުވީ ހާލަތު ދަނީ ވަރަށް ބާރަށް ގޯސްވަމުން ކަމަށެވެ. އަދި އަލިފާން ނިއްވުމަށްޓަކައި އަވަށްޓެރި ޗިލީ އާއި އެހެން ޕްރޮވިންސްތަކުން މަތިންދާބޯޓުތަކާއި އިތުރު އެހީތެރިކަން ވަނީ ހޯދާފައެވެ.
މި ހާދިސާ ތަހުގީގު ކުރާ ފަރާތްތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މަދުވެގެން އެއް ސަރަހައްދުގައި އަލިފާން ރޯކޮށްފައިވަނީ ގަސްތުގައެވެ. މިކަން ކޮށްފައި ވަނީ ޖެނޮސައިޑް ހިންގާފަ ޗުއްޓީ ހަދަން ދިޔަ ބައެއްކަމަށް ބުނެއެވެ. މިމީހުން ހޯދުމަށް އެހީތެރިވާ ފަރާތަކަށް 50 މިލިއަން ޕެސޯގެ އިނާމެއް ދިނުމަށް ސަރުކާރުން ވަނީ ހުށަހަޅާފައެވެ.
އެ ވީޑިއޯއިން ފެންނަނީ ލޮސް ގްލޭސިއަރސް ނޭޝަނަލް ޕާކުގެ މަނާ ސަރަހައްދެއްގައި ޖެނޮސައިޑް ހިންގާ އިޒްރޭލުގެ ފަތުރުވެރިން އަލިފާން ރޯކޮށްގެން ތިއްބާ، އެ ސަރަހައްދުގެ މީހަކު އެމީހުންނާ ކުރިމަތިލާ މަންޒަރެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި އެއީ އިސްރާއީލުގެ ފަތުރުވެރިންނެވެ.






