ޔޫރަޕުން އީރާންގެ މުޒާހަރާ ވެރިންނަށް ލޮލީއާއި ޖޫސްޕެޓީ ބަހަން ވިސްނަނީ

އިބްރާހީމްް ސަމީރު
ޖެނުއަރީ 12, 2026

އެމެރިކާގައި ޢާންމު ރައްޔިތުން ވަގަށް ނެގުމާއި އެމީހުންނާ ދިމާއަށް އެމެރިކާގެ ގެސްޓާޕޯ ވައްތަރުގެ ސިއްރު ފުލުހުން ބަޑި ޖަހައި މީހުން މެރުމުގެ ހާދިސާތަކަށް ޔޫރަޕްގެ ވެރިން ކަން ބޮޑެއް ނުވެއެވެ. ނަމަވެސް އީރާނުގެ ޖެންޒީގެ މުޒާހަރާއަށް ފަހު މިމީހުން ލޮލަކަށް ނިންޖެއް ނާދެއެވެ.

ޔޫރަޕްގެ ޖަމާއަތުން ދަނީ އީރާނުގެ މުޒާހަރާ ކުރާ މީހުންނަށް ލޮލީއާއި ޖޫސް ޕެޓީ ބެހުމަށްވެސް ވިސްނަމުންނެވެ.

ހުޅަނގުގެ ގައުމުތަކުގައި ތިބެގެން އީރާންގެ މުޒާހަރާތަކަށް ސަޕޯޓު ކުރާ މީހުން އިސްލާމްދީނާ މެދު ގެންގުޅޭ ނަފްރަތާއި ހަސަދަވެރިކަންވެސް ފެނިގެން ދެއެވެ. އެމީހުން ދަނީ އީރާންގެ އިސްލާމީ ދިދައަކީ އެމީހުން އެންމެ ފޫހިވާ ރަމުޒު ކަމަށް ބުނަމުންނެވެ. އަދި އީރާންގެ ޚުދުމުޚުތާރު ވެރޔާ ޕެހެލްވީގެ ވެރިކަމުގައި ބޭނުން ކުރި ފާރިސީ ދިދައާއި އިޒްރޭލު ދިދައާއެކު މިމީހުން ގެންދަނީ ދެ ދިދަ އެއްކޮށް ވިހުރުވަމުންނެވެ.

އީރާނުގެ އެތެރޭން ޚަބަރުތައް ބުނާ ގޮތުގައި މުޒާހަރާތައް ކޮންމެވެސް ވަރަކަށް އެބަ އުޅެއެވެ.ނަމަވެސް މީސްމީޑއާގައި ފަތުރާ މަންޒަރުތަކާ ޚިލާފަށް އާންމު މައިދާންތަކާއި ބާޒާރުތަކުގައި ޓްރަމްޕް ފާސިގު ފަތުރާ ޒާތުގެ ކަންތައްތަކެއް ފެންނާން ނެތް ކަމަށް ބުނެއެވެ.

މި ލިޔުމާ ގުޅޭ