އީރާންގެ އެތެރޭގައި ފިތުނަ އުފެއްދުމަށް އެމެރިކާއާއި އިޒްރޭލުން ކުރަމުންދާ މަސައްކަތަށް އީރާނުން ކާމިޔާބު ކަމާއެކު ހުރަސް އަޅައިފިއެވެ. އީރާނުން ވަނީ މަސްކުގެ ސްޓާލިންކާއި އިޒްރޭލުގެ މުވާސަލާތީ ސެޓެލައިޓްތައް ވެސް މިހާރު ބްލޮކްކޮށް އެމީހުންގެ ސިގްނަލްތައް ޖޭމް ކުރަން ފަށާފައެވެ.
އީރާނަކީ އަމއްލަ ސޮފްޓްވެއަރ އިންޑަސްޓްރީއެއް ގެންގުޅޭ ގައުމެކެވެ. އީރާންގެ ސޮފްޓްވެއަރ ދާއިރާގައި ގިނައިން މަސައްކަތް ކުރަނީ އަންހެނުންނެވެ.
ސަރުކާރުން މިއެޅި އައު ފިޔަވަޅާއެކު އީރާންގައި ފިތުނަ އުފެއްދުމަށް ގޮނޑިކޮއްކޮއާއި ކުލީ ސިފައިން ކުރަމުން ދިޔަ މަސައްކަތަށް އެއްކޮށް ހުރަސް އެޅުނީއެވެ.






