ވަގު ސިމްކާޑު ވިއްކާނަމަ މިލިއަނުން ޖުރިމާނާ ކުރާނެ

އިބްރާހީމްް ސަމީރު
ޖެނުއަރީ 13, 2026

ރަޝިޔާ ސަރުކާރުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ހުއްދަ ދީފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނުން ސިމް ކާޑު ވިއްކާނަމަ ޖޫރިމަނާ ކުރާ އަދަދު ބޮޑު ކުރުމަށް ނިންމާފައެވެ. އައު ގާނޫނުގެ ދަށުން ހުއްދަ ނެތި ސިމް ވިއްކާ ތަންތަނާއި މީހުން އެއް މިލިއަން ރޫބަލް (ގާތްގަނޑަކަށް 12،850 ޑޮލަރު) އިން ޖުރިމާނާ ކުރާ ގޮތަށް ވަނީ ފާސްކޮށްފަ އެވެ.

އިދާރީ ކުށްތަކުގެ ގާނޫނާއި ޖިނާއީ ގާނޫނަށް ވެސް އަސަރުކުރާ މި އިސްލާހުތަކުގެ މަގުސަދަކީ ރަޖިސްޓްރީ ނުކުރާ ނުވަތަ އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައިވާ ސިމް ކާޑުތަކަށް ބަރޯސާވާ މައުލޫމާތުގެ ރަސްމަގުގައި އުޅޭ ސްކޭމްތައް ހިންގުމަށް ބޭނުންކުރާ މީހުންނށް ހުރަސް އެޅުމެވެ.

މި ލިޔުމާ ގުޅޭ