އިންޑިއާގެ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން އަނެއްކާވެސް ޑްރޯން ފޮނުވަން ފަށައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 16, 2026

އިންޑިއާ އާއި ޕާކިސްތާނާ ގުޅޭ ބޯޑަރު ސަރަހައްދުގައި ޕާކިސްތާނުގެ ޑްރޯންތައް އުދުހޭ މައްސަލަ އަނެއްކާވެސް ބޮޑުވެ، ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން އިތުރުވާން ފަށައިފިއެވެ.

މީގެ އަށް މަސް ކުރިން ހިންގި ”އޮޕަރޭޝަން ސިންދޫރު“ ގައި ޕާކިސްތާނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ގައުމުން އަނެއްކާވެސް ވަނީ އިންޑިއާގެ ސަރަހައްދީ ރޮނގު ހުރަސްކޮށް ޑްރޯންތައް ފޮނުވަން ފަށާފައެވެ. ރިޕޯޓުތައް ބުނާގޮތުން، ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުން ފެށިގެން ޖައްމޫ އެންޑް ކަޝްމީރުގެ ބޯޑަރު ސަރަހައްދުތަކުން ޕާކިސްތާނުގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް ވަނީ ފެނިފައެވެ. މިކަމާ ގުޅިގެން ނިއުދިއްލީން ވަނީ މިފަދަ އަމަލުތައް ހުއްޓާލުމަށް އިސްލާމްއާބާދަށް ގޮވާލާފައެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ބޯޑަރު ސަރަހައްދުން ޕާކިސްތާނުގެ ޑްރޯންތަކެއް ވަނީ ފެނިފައެވެ. ކުއްލިއަކަށް ޕާކިސްތާނުން މިގޮތަށް ޑްރޯންތައް ފޮނުވަން ފެށި ސަބަބާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ފެންނަމުންދާ ޑްރޯންތަކަކީ މިދިޔަ އަހަރުގެ މެއި މަހުގެ ކުރިމަތިލުންތަކުގައި ބޭނުންކުރި ”ކަމިކާޒޭ“ ނުވަތަ އަމިއްލައަށް ގޮވާލާ ޒާތުގެ ޑްރޯންތަކެއް ނޫނެވެ. ކަމިކާޒޭ ޑްރޯންތަކަކީ ވަކި ސަރަހައްދެއްގެ މަތީގައި އުދުހި، ހަމަލާދޭނެ ވަކި އަމާޒެއް ހޯދުމަށްފަހު އަމިއްލައަށް ގޮވާލާ އުޅަނދުތަކެކެވެ. ނަމަވެސް މިފަހަރު ފެންނަމުންދާ ޑްރޯންތަކުގެ ބޭނުމަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް އިންޑިއާގެ ސަލާމަތީ ބާރުތަކުން ދަނީ ކުރަމުންނެވެ.

 

 

މި ލިޔުމާ ގުޅޭ