ޓްރަމްޕް ޔޫރަޕް ބްލެކްމެއިކް ކުރަން ފަށައިފި

އިބްރާހީމްް ސަމީރު
ޖެނުއަރީ 18, 2026

ނެދަލެންޑްސްގެ ފޮރިން މިނިސްޓަރު ވިދާޅުވަނީ ޔޫރަޕްގެ އެކުވެރި ގައުމުތަކުން ގްރީންލޭންޑް އެމެރިކާއަށް ވިއްކާލަން އެއްބަސްވާންދެން އެގައުމުތަކުގ މުދަލަށް  އާ ޓެރިފްތަކެއް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޒާރަކީ ”ބްލެކްމެއިލް“ އެއް ކަމަށެވެ.

”އެއީ ބްލެކްމެއިލް ކުރުން… އަދި އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން. އެއީ އިއްތިހާދަށް (ނޭޓޯ) އެހީތެރިކަމެއް ނޫން އަދި ގްރީންލޭންޑަށް ވެސް އެހީތެރިކަމެއް ނޫން،“ ޑަޗް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޑޭވިޑް ވެން ވީލް ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު ޓްރޫތް ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގްރީންލޭންޑްގައި ނޭޓޯގެ ބައިތިއްބަން އެއްބަސްވެފައިވާ ޑެންމާކް، ނޯވޭ، ސްވިޑެން، ފްރާންސް، ޖަރުމަން، ނެދަލެންޑްސް، ފިންލޭންޑް އަދި ގްރޭޓް ބްރިޓަން ގެ ގައުމުތަކުގެ މުދަލުން ފެބްރުއަރީ 1 އިން އެމެރިކާއަށް އިމްޕޯޓް ކުރާ މުދަލުގެ ޓެރިފްގެ އިތުރު 10 ޕަސެންޓް ނަގަން ފަށާނެ ކަމަށެވެ.

ވެން ވީލް ވިދާޅުވީ ގްރީންލޭންޑް މިޝަންގެ ބޭނުމަކީ ގްރީންލޭންޑް ދިފާއުކުރުމުގައި އެމެރިކއާ ދެކޮޅަށް ޔޫރަޕުން އެހީތެރިވާން ބޭނުންވާކަން ދައްކާލުން ކަމަށާއި، ޓްރަމްޕްގެ ގްރީންލެންޑް ސިޔާސަތާ ދެކޮޅު ހައްދާ ކަން ދެއްކުމެވެ.

ޓްރަމްޕް ވަނީ އެމެރިކާއަށް ގްރީންލެންޑަކީ ސްޓްރެޓެޖިކް ލޮކޭޝަނެއް ކަމަށާއި އެއީ  އެމެރިކާގެ ސަލާމަތަށް މުހިންމު ތަނެއް ކަމަށް ވިދާޅުވެ އެތަން ހިފަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ޑެންމާކާއި ގްރީންލޭންޑްގެ ވެސް ލީޑަރުން ވަނީ އެ ޖަޒީރާއަކީ ވިއްކަން އޮތް ޖަޒީރާއެއް ނޫން ކަމަށާއި އެމެރިކާގެ ބައެއްގެ ގޮތުގައި އެތަން ބަދަލުވާން ބޭނުން ނުވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ޔޫރަޕިއަން ޔޫނިއަންގެ 27 ގައުމްގެ ސަފީރުން ވަނީ އާދީއްތަ ދުވަހު ބައްދަލުވެ ޓްރަމްޕްގެ ޓެރިފް ގެ އިންޒާރަށް ދޭ ރައްދުތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

މި ލިޔުމާ ގުޅޭ