ބަނގްލަދޭޝްގައި ގިނަ ބަޔަކު ފޯރިއާއެކު ވޯޓުލާން ނިކުމެއްޖެ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 12, 2026
  • ބަންގްލަދޭޝްގެ އިންތިޚާބުގައި ގިނަ އަދަދެއްގެ މީހުން ވޯޓުލާން ނިކުމެއްޖެއެވެ.
  • ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ކުރިއަށްދާ މި އިންތިޚާބުގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
  • ޚާއްޞަކޮށް ޒުވާނުންނާއި އަލަށް ވޯޓުލާ މީހުންގެ ގިނައިން ބައިވެރިވުން މިފަހަރުގެ އިންތިޚާބުގައި ވަރަށް ބޮޑެވެ.
  • ޝެއިޚް ހަސީނާގެ ޚުދުމުޚުތާރު ވެރިކަން ނިމުމަށްފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.
  • އިންތިޚާބު ފެށުމުގެ ކުރިން އެމެރިކާގެ ހިންދީންގެ ހަރުކަށި މަދަނީ ޖަމުއިއްތޔާއަކުން މިއީ އިންސާފުވެރި ނޫން އިންތިޚާބެއް ކަމަށް ބުނެ އިންތިޚާބުގެ އަގު ވެއްޓުމަށް ވާހަކަ ދައްކާފައި ވެއެވެ.
  • އިންތިޚާބު ނަޒާހަތްތެރި ކަމަށް އަދި ލިބުނު ގިން ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ބައެއް މަރުކަޒުތަކުގައި ހަމަނުޖެހުން އުޅޭ ކަމަށް ވެސް ރިޕޯޓު ކޮށްފައި ވެއެވެ.
  • އިންޑިއާ ފަދަ އަވަށްޓެރި ގައުމުތަކުން މި އިންތިޚާބުގެ ނަތީޖާއަށް ވަރަށް ބޮޑަށް އިންތިޒާރު ކުރަމުންދެއެވެ. އެއީ ޖަމާއަތޭ އިސްލާމީ ކުރި ހޯދާނެ ކަމަށް ބެލެވޭތީއެވެ. ޖަމާއަތަކި އިންޑިއާއަށް ސަޕޯޓު ކުރާ ބައެއް ނޫނެވެ.
  • ހަސީނާ ސަރުކާރު ވައްޓާލި ޒުވާނުން ހަދާފައިވާ ސިޔާސީ ޕާޓީ ވަނީ ޖަމާއަތޭ އިސްލާމީއާއެކު ކޯލިޝަން ހަދާފައެވެ.
  • އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާން ކުރަންދެން އެއްވެސް ފަރާތަކުން ކާމިޔާބީގެ ލަފާކުރުންތައް ހާމަނުކުރުމަށް ވަނީ އަންގާފައެވެ.

މި ލިޔުމާ ގުޅޭ