ނަތަންޔާހޫ ބޭބެގެ ބޮޑު ބުދެއް ޔޫގަންޑާގައި ބަހައްޓަނީ

އިބްރާހީމްް ސަމީރު
ފެބްރުއަރީ 20, 2026

ޔޫގެންޑާގެ އެންޓެބޭ އެއާޕޯޓުގައި މަރުވި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ބޭބެ، ލެފްޓިނެންޓް ކާނަލް ޔޮނަޓަން ނަތަންޔާހޫގެ ހަނދާނުގައި ބުދެއް ބެހެއްޓުމަށް ނިންމާފައިވާކަން ޔޫގަންޑާ ސިފައިން ހާމަކޮށްފިއެވެ.

ޔޮނަޓަން ނަތަންޔާހޫގެ ސިފަ ދައްކުވައިދޭ މި ބުދު ބިނާކުރުމަށް ހަމަޖެހިފައިވަނީ އޭނާ މަރުވި ސަރަހައްދުގައެވެ. އިސްރާއީލުގެ މީޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކައިނިރުގާބާ ވިދާޅުވީ މިއީ އިސްރާއީލާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ. ކައިނިރުގާބާ އަކީ އެގައުމުގެ ސިފައިންގެ ވެރިޔާއެވެ. އޭނާއަކީ ރައީސް މޮސޮވީނީގެ ދޮށީ ދަރިއެވެ.

ޔޮނަޓަން ނަތަންޔާހޫ މަރުވީ 1976 ވަނަ އަހަރުގެ ޖުލައި މަހު ޔޫގަންޑާގެ އެންޓެބޭ އެއާޕޯޓުގައި އިސްރާއީލުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރޭގައެވެ. އިސްރާއީލުގެ ކޮމާންޑޯ ޔުނިޓް ގެ ކޮމާންޑަރަކަށް ހުރީ އޭނާއެވެ. ޔޮނަޓަން މަރުވީ ޔޫގަންޑާ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އިސްރާއީލަށް ގެންދިޔަ މަގުމަތީގައެވެ. އޭނާއަކީ އެ އޮޕަރޭޝަންގައި މަރުވި އިސްރާއީލު ސިފައިންގެ ހަމައެކަނި މީހާއެވެ.

މި ލިޔުމާ ގުޅޭ