ފަލަސްޠީނުގެ ޖެނޮސައިޑަށް 112 ބިލިއަން ޑޮލަރު ހޭދަކުރި

އިބްރާހީމްް ސަމީރު
ފެބްރުއަރީ 21, 2026

އޮކްޓޯބަރު 2023 ގައި އިޒްރޭލުން ފެށި ނަސްލު ނައްތާލުމުގެ ފަލަސްޠީން ޖެނޮސައިޑް ހަނގުރާމައަށް، ފަލަސްތީނުގެ ބިންތައް ސުންނާފަތިކޮށް އެތަނުގެ މުއައްސަސާތައް ހަލާކުކޮށްލުމަށް އިޒްރޭލުން ވަނީ ބޮޑެތި އަދަދުތަކުން ފައިސާ އާއި އިންސާނީ ވަސީލަތްތައް ހޭދަކޮށްފައެވެ. މި ޖެނޮސައިޑްގައި އިޒްރޭލުން ވަނީ ދޮޅު ލައްކަ މީހުން ޝަހީދުކޮށްފައެވެ. މީގެ ތެރޭގައި އެތައް ހާސް ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

ދިރިތިބި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ވަނީ ގަސްތުގައި ބަނޑަށްޖެއްސުމުގެ ނަތީޖާއާ ކުރިމަތިލާން ޖެހިފައެވެ. ފުރަތަމައަށް ޣައްޒާ މީހުން ބަނޑަށް ޖެއްސީ 2024 ގެ ފަހުކޮޅު އިޒްރޭލުން އުތުރު ޣައްޒާ ހިސާރުކުރި ދުވަސްވަރުގައެވެ. އދ. ގެ އޮފިޝަލުން ސިފަކުރެއްވިގޮތުގައި އެ ހާލަތަކީ ”ދުނިޔެ ނިމުމުގެ ބިރުވެރިކަން“ ފަދަ ހާލަތެކެވެ. އޭގެ ފަހުން، އަނެއްކާވެސް އޮގަސްޓް 2025 ގައި އިޒްރޭލުގެ ސިޔާސަތުތަކުގެ ސަބަބުން ކުރިމަތިވި އިންސާނުން އުފެއްދި ބޮޑު ތަދުގެ ތެރޭގައި ޣައްޒާ މީހުން ބަނޑަށް ޖެއްސިއެވެ. އެ ދުވަސްވަރު، ކާނާ ނުލިބި ބަނޑަށް ޖެހިފައިވާ ކުޑަކުދިންގެ މަންޒަރުތަކަކީ ދުނިޔޭގެ ޚާބަރު ފަތުރާ ވަސީލަތްތަކުން އާންމުކޮށް ފެންނަން ހުރި މަންޒަރުތަކެކެވެ.

މިއިން އެއްވެސް ކަމަކީ ކުޑަ ޚަރަދަކުން ކުރެވުނު ކަންކަމެއް ނޫނެވެ. އިޒްރޭލުގެ ޖެނޮސައިޑްގެ މައިގަނޑު ބައިވެރިޔާ ކަމަށްވާ އެމެރިކާގެ އެހީތެރިކަމާއެކު، ޣައްޒާ ހަނގުރާމައަށް އިޒްރޭލުން ވަނީ ބިލިއަނުން ޑޮލަރު އޮއްސާލާފައެވެ. އެހެންކަމުން، ފަލަސްޓީނުގެ ޖެނޮސައިޑަށް ހިނގީ ކިހާ ހަރަދެއް ހެއްޔެވެ؟ ނަސްލެއް ނައްތާލުމަށްޓަކައި ހަތިޔާރަށް ހޭދަކުރަންޖެހެނީ ކިހާ ފައިސާއެއް ހެއްޔެވެ؟ އަދި ސިނާއީ ފެންވަރެއްގައި ގިނަ އަދަދެއްގެ ބަޔަކު މަރަމުންދިއުމުން އިގްތިސާދަށް ކުރާ އަސަރަކީ ކޮބައިހެއްޔެވެ؟

ބޭންކް އޮފް އިޒްރޭލުން އަންދާޒާކުރާ ގޮތުގައި:

  • ހަނގުރާމައިގެ ޖުމްލަ އިގްތިސާދީ ގެއްލުން ގާތްގަނޑަކަށް 352 ބިލިއަން ޝެކެލް (112 ބިލިއަން ޑޮލަރު) އަށް އަރައެވެ.
  • މީގެ ތެރޭގައި ދިފާއީ ކަންކަމަށް ސީދާ ހޭދަކުރި 243 ބިލިއަން ޝެކެލް (77 ބިލިއަން ޑޮލަރު) އާއި،
  • މުދަލުން ނަގާ ޓެކްސްގެ ބަދަލު ދިނުމުގެ ފަންޑަށް ބޭނުންވި 33 ބިލިއަން ޝެކެލް (10.5 ބިލިއަން ޑޮލަރު) އާއި،
  • މަދަނީ ޚަރަދުތަކުގެ ގޮތުގައި ހިނގި 57 ބިލިއަން ޝެކެލް (18 ބިލިއަން ޑޮލަރު)
  • އަދި އިންޓްރެސްޓްގެ ގޮތުގައި ދައްކަންޖެހުނު 19 ބިލިއަން ޝެކެލް (6 ބިލިއަން ޑޮލަރު) ހިމެނެއެވެ.

2025 ގެ ކުރީކޮޅު، ހަމައެކަނި ޣައްޒާ ހަނގުރާމައަށް ބަލާއިރު، އިޒްރޭލުގެ ސިފައިންގެ ކުރީގެ އިގްތިސާދީ މުޝީރު ގިލް ޕިންޗަސް ލަފާކުރި ގޮތުގައި އިޒްރޭލަށް ޖެނޮސައިޑް ހިންގުމުގެ ޚަރަދު 150 ބިލިއަން ޝެކެލް (48 ބިލިއަން ޑޮލަރު) އަށް އަރައެވެ.

މިއީ ދުވާލަކަށް އެވްރެޖްކޮށް 300 މިލިއަން ޝެކެލް (96 މިލިއަން ޑޮލަރު) އެވެ.

އދ. ގެ ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އުންރުވާ އެޖެންސީގެ ކޮމިޝަނަރ ޖެނެރަލް ފިލިޕް ލަޒާރިނީ ވިދާޅުވި ގޮތުގައި، ޖެނޮސައިޑްގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު ޣައްޒާގެ 100 ފަލަސްތީނު މީހުން ޔަހޫދީން ދިޔައީ މަރަމުންނެވެ.

ފަލަސްޠީނު ޖެނޮސައިޑަކީ އދން ބަލައިގެންފައިވާ ޓާމެކެވެ.

ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުން ވަނީ 340 ބިލިއަން ޝެކެލް (108 ބިލިއަން ޑޮލަރު) ވަޒަންގަތުމަށް ޚަރަދުކޮށްފައެވެ، އިސްރާއީލުގެ 465،000 އަސްކަރީ ރިޒާވިސްޓުންނާއި 300،000 މީހުން ހަނގުރާމައިގެ ފުރަތަމަ އަހަރު ޣައްޒާއަށް ފޮނުވިއެވެ.

ބްރައުން ޔުނިވާސިޓީގެ 2025 ވަނަ އަހަރުގެ ކޮސްޓްސް އޮފް ވާރ ރިޕޯޓުގައިވާ ގޮތުން އޮކްޓޯބަރު 7، 2023 އިން ފެށިގެން އެމެރިކާއިން ވަނީ އިސްރާއީލަށް ގާތްގަނޑަކަށް 21.7 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދީފައެވެ. މީގެ އިތުރުން އެމެރިކާގެ ޓެކްސް ދައްކާ ފަރާތުން ވަނީ ޔަމަނާއި އީރާނާއި މެދުއިރުމަތީގައި އިސްރާއީލަށް ތާއީދުކުރާ އެމެރިކާގެ އޮޕަރޭޝަންތަކަށް 9.65 ބިލިއަން ޑޮލަރާއި 12.07 ބިލިއަން ޑޮލަރާ ދެމެދުގެ ފައިސާ ހޭދަކޮށްފަ އެވެ.

މި ލިޔުމާ ގުޅޭ