މަރުވެފައި އޮތް ބިދޭސީއަކު އައްޑޫސިޓީ ހިތަދޫ ފަތާފެންގަނޑާ ދިމާ މޫދުން ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެއީ ބިދޭސީއެއް ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެއީ ކާކުކަމެއް ދެނެގަނެވިފައި ނުވާކަމަށެވެ. އެމީހާގެ ހަށިގަނޑު މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ފުލުހުން ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހަވީރު 4:41 ގައި ކަމަށެވެ. ”މަރުވެފައވަނީ ބިދޭސީއެއް. އެއީ ކާކުކަން މިހާތަނަށް އެނގިފައެއްނުވޭ. މިމައްސަލަ ދަނީ ބަލަމުން،“ ފުލުހުން ވިދާޅުވިއެވެ.






