ވޯޓަށް ތައްޔާރުވުމުގެ ގޮތުން ޕީއެންސީން ސައިކަލު ބުރެއް ބާއްވައިފި

އިބްރާހީމްް ސަމީރު
މާރޗް 13, 2026

ޕީއެންސީގެ ވަރަށް ޚާއްސަ ސައިކަލްބުރެއް މާލޭގައި މިއަދު ބާއްވައިފިއެވެ. މިހަރަކާތުގައި އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވިއެވެ. މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރައްޔިތުންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މާފަންނު މެރީބްރައުން ސަރަހައްދުން ފެށި ސައިކަލު ބުރު ނިންމާލާފައިވަނީ ހެންވޭރުގައި ހުންނަ ކޮންގްރެސް ޕާޓީގެ އޮފީސް ސަރަހައްދަށެވެ. މި ހަރަކާތުގައި ނާއިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިހަރަކާތް ނިމުމައެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރީންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށްގެންދިއުމަށްޓަކައި، ސިޓީތަކާއި ރަށްތަކުގެ ކައުންސިލް ގޮނޑިތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބުކޮށްދެއްވުމަށްވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *