އަށާޅީސްގަޑިއިރުތެރޭ، ހޮރުމުޒު ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ ހުރީހާ ޕަވަރ ޕްލާންޓެއް ގޮއްލާނަން: ޓްރަމްޕް

ޟަމްރަތު އަހްމަދު
މާރޗް 22, 2026

މިވަގުތުން ފެށިގެން ސާޅީސް އަށްގަޑި އިރުތެރޭ އީރާނުން ހޮރުމުޒު ކަނޑުއޮޅި މުޅިން ނުހުޅުވައިފިނަމަ އީރާނުގެ ހުރީހާ ޕަވަރ ޕްލާންޓުތަކެއް (އިންޖީނުގެތައް) ގޮއްވާލާނޭ ކަމުގެ އިންޒާރު އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ދީފިއެވެ.

އޭނާ މިއިންޒާރު ދިފައިވަނީ އަމިއްލަ ސޯޝަލް މޯޑިއާ ޕްލެޓްފޯމް ”ޓްރުތު ސޯޝަލް“ ގައި އާންމުކުރި މެސެޖެއްގައެވެ. އޭނާ ބުނެފައިވަނީ އެ މުއްދަތުގައި ކަނޑުއޮޅި  ކުރިންއޮތް ގޮތަށް ނުހުޅުވައިފި ކަމަށްވާނަމަ އެންމެ ފުރަތަމަވެސް ގޮއްވާލާނީ އީރާނުގެ އެންމެބޮޑު ޕަވަރޕްލާންޓު ނުވަތަ އިންޖީނުގެ ކަމަށެވެ. އެންމެބޮޑު އިންޖީނުގެއަކީ ކޮބައިކަން ޓްރަމްޕުގެ މެސެޖުގައި ބުނެފައެއް ނުވެއެވެ.

އީރާނުން ހޮރުމުޒު ކަނޑުއޮޅި ބަންދުކުރީ ފެބުރުވަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އިސްވެ އީރާނަށް ހަމަލާދޭން ފެށުމުންނެވެ. މިހާރު އެކަނޑުއޮޅިވަނީ އެއްކޮށް އީރާނުގެ ބާރުގެ ދަށަށް ގެނެސްފައެވެ. މިހާރު އެ ކަނޑުއޮޅީން ވަދެނުކުމެވެނީ އީރާނުން ހުއްދަދޭ ބަޔަކަށް އެކަންޏެވެ. އެމެރިކާ-އިޒްރޭލާއި އެ މީހުންނަށް ވާގިވެރިވާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް މިހާރުވެސް އީރާނުން ގެންދަނީ އެކަނޑުއޮޅި ހުރަސްކޮށް ދަތުރުކުރުމުގެ ފުރުސަތު ދެމުންނެވެ.

އީރާނުން ކުރިން ބުނެފައިވަނީ ގަދަބާރުން އެކަނޑުއޮޅި ހުޅުވޭނޭ އެއްވެސް ބާރެއް މިދުނިޔޭގައި ނުވާކަމަށެވެ. އެމެރިކާއިން ވެސް ފުރަތަމަ ދިމާކުރީ ގަދަބާރު ދައްކައިގެން އެތަން ހުޅުވާށެވެ. އެކަން އެގޮތަށް ނުކުރެވޭނޭކަން ކަށަވަރު ވުމުން ޓްރަމްޕް މީހާރު އެއުޅެނީ ބިރުދައްކައިގެން އެކަންވޭތޯއެވެ. ކަނޑުއޮޅި ހުޅުވުމަށް އެމެރިކާއަށް އެހީވުމަށްއެދި ޓްރަމްޕް ވަނީ ދުނިޔޭގެ އެކިގައުމުތަކުގައި އާދޭސްކޮށްފައެވެ.

 

މި ލިޔުމާ ގުޅޭ